ދާލަ އިންޑޯ ކަސްރަތު ކުލާސްތައް ފެށުމަށް ތައްޔާރުވެއްޖެ!

ހަނިމާދޫ ފަހުގެ ޞިއްހަތު

ކޮވިޑް 19 ގެ ބަލިމަޑުކަން ރާޖެއަށްފެތުރި ރަށްތައް ފުރަބަންދުކުރުމާއި ގުޅިގެން މެދުކަނޑާލި ދާލަ އިންޑޯ ކަސްރަތު ކުލާސްތައް އަލުން ފަށަންނިމައިފިއެވެ. މި ކުލާސްތައް އަލުން ފަށާނީ މިމަހު 21 ވަނަދުވަހުއެވެ.

ދާލަ އިންޑޯ ކަސްރަތު ކުލާސް ހިންގުމާ ހަވާލުވެ ހުންނެވި ފަރުހާދު މޫސާ  މަޢުލޫމާތު ދެއްވި ގޮތުގައި މިކުލާސް ތަކުގައި ބައިވެރި ވެވޭނީ އެކަމަށް ޚާއްސަ ފޯމެއްފުރައިގެންނެވެ. ފޯމް ދާލަ ކުލާހުން ލިބެންހުންނާނެއެވެ. 9921871 މިނަމްބަރަށް ގުޅާލުމުން ވެސް ޕޯމް ލިބިވަޑައިގަންނަވާނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކުލާހުގެ ރަޖިސްޓްރީ ފީ އެށްގެ ގޮތުންގައި 100 ރުފިޔާ ދައްކަން ޖެހޭނެއެވެ. އަދި މަހުފީގެ ގޮތުގައި ކޮންމެ މަހަކު 500 ރުފިޔާ ކޮންމެ ބައިވެރިއެއްގެ އަތުން ނަގަންވަނީ ހަމަޖެހިފައެވެ. ކޮންމެ ބައިވެރިއަކަށްވެސް  ކޮންމެ ހަފްތާއަކު 6 ގަޑިއިރު  ކަސްރަތުކުރުމަށްލިބިގެން ދާނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ