ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ އާއި ޓީމު ނޮޅިވަރަމް އެކުވެރި ކަމުގެ ވޮލީ މެޗެއް ކުޅެފި

ހަނިމާދޫ ކުޅިވަރު ފަހުގެ

ހދ. އަތޮޅު ވޮލީ މުބާރާތުގައި ކުޅޭ ހަނިމާދޫ ޒުވާނުންގެ ޖަމިޔާގެ އަންހެން ޓީމާއި ނޮޅިވަރަމް އަންހެން ޓީމް އެކުވެރިކަމުގެ މެޗެއް ކުޅެފި އެވެ.

ބުދަ ދުވަހު ހަވީރު ހަނިމާދޫ އިޖްތިމާއި މަރުކަޒުގެ ވޮލީ ކޯޓުގައި ކުރިޔަށްދިޔަ މިމެޗު ސިދާ ތިން ސެޓުން ކާމިޔާބުކުރީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ޓީމެވެ.

އިޝްތިހާރު
އިޝްތިހާރު

ފުރަތަމަ ސެޓު 26-24 ކާމިޔާބުކުރިއިރު، ދެ ވަނަ ސެޓު 25-18 އަދި ތިންވަނަ ސެޓް ފަސޭހަކަމާއި އެކު 25-12 އިން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ވަނީ ކާމިޔާބު ކޮށްފައެވެ.

ހދ. އަތޮޅު ވޮލީ މުބާރާތުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ކުޅޭ ފުރަތަމަ މެޗު މިމަހު 14 ވަނަ ދުވަހު ކުޅޭ އިރު ބައްދަލު ކުރަން ޖެހެނީ ވެސް ޓީމް ނޮޅިވަރަމް އާއެވެ.

ފޮޓޯ: އަބުދުލްﷲ ނާސިރު

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ