ކޮވިޑް 19 ދިފާއު: ވެކްސިން ޖެހުން ހަނިމާދޫގައި މެދު ކަނޑާލަން ޖެހިއްޖެ

ހަނިމާދޫ ޚަބަރު ފަހުގެ

ކޮވިޑް 19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖެހުން ހަނިމާދޫގައި މެދު ކަނޑާލަން ޖެހިއްޖެއެވެ. މި ވެކްސިން ޖެހުމަށް ޝަރުތުހަމާ ގާތްގަނޑަކަށް 1600 މީހުން ހަނިމާދޫގައި ދިރިއުޅެއެވެ.

މިއަދު ހަނިމާދޫ ޞިއްޙީ މަރުކަޒުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް 19 އިން ރަކާތެރިވުމަށް ދެވޭ ވެކްސިން ޖެހުން ވެކްސިން ލިބެންދެން މެދު ކަނޑައިލައިފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ހަނިމާދޫގައި ކޮވިޑް 19 ރައްކާތެރިވާން ވެކްސިން ޖަހަން ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ފެބުރުއަރީ 16 ވަނަ ދުވަހުއެވެ. އެފަހަރު ވެކްސިން ޖަހާފައިވަނީ ފުރަންޓްލައިންގެ މީހުންގެ އިތުރުން 65 އަހަރުން މަތީ މީހުންނަށާއި ހައިރިސްކް މީހުންނަށެވެ. އެއަށްފަހު މާރޗު 4 ވަނަ ދުވަހު ވަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށާއި ހައިރިސްކް މީހުންނަށް ވެކްސިން ޖަހަން އިއުލާން ކޮށްފައެވެ. އޭގެ 7 ދުވަސް ފަހުން ވަނީ 30 އަހަރުން މަތީގެ މީހުންނަށާއި ހައިރިސްކް މީހުނަން ވެކްސިން ޖެހުމަށް ހުޅުވާލާފައެވެ.

މިގޮތަށް ހުޅުވާލުމުން ވެކްސިން ޖެހުމަށް ގިނަބަޔަކު ދާންފެށިއެވެ. 50 އަހަރުގެ މީހުނަން ހުޅުވާލާފައިވާ ދުވަސްކޮޅު ދޫކުރީ 36 ނަންބަރެވެ. 30 އަހަރަށް ބަދަލު ކުރުމަށްފަހު ދޫކޮށްފައިވަނީ 24 ނަންބަރެވެ.

ގިނަބަޔަކު ވެކްސިން ޖަހަން ތައްޔާރަށް ތިއްބައި ކުއްލިޔަކަށް ވެކްސިން ލިބެންދެން މެދު ކަނޑާލުމުން އާއްމު ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ.

ގޮށްކޮޅުގެ ފަރާތުން މި ކަމާ ގުޅޭގޮތުން މައުލޫމަތު ސާފު ކޮށްލުމަށް ހަނިމާދޫ ޞިއްހީ މަރުކަޒަށް ގުޅާލުމުން ސީނިއަރ ކޮމިއުނިޓީ ހެލްތު އޮފިސަރ ޒުބައިދާ އިބްރާހިމް ވިދާޅުވީ ” އަޅުގަނޑު މެނަށް ވެކްސިން ލިބުނުހާ އަވަހަކަށް ވެކްސިން ޖަހައިދޭން ފަށާނަން، އުންމީދަކީ ވީ އެންމެ އަވަހަކަށް ވެކްސިން ލިބުން، ވެކްސިން ލިބުމާއެކު އުސޫލުތަކުގެ ދަށުން އަނެއްކާވެސް ކުރިޔަށް ދެވި ހުރިހާ މީހުންނަށް ވެކްސިން ޖަހައި ނިންމާލުން އުންމީދަކީ”

މިހާތަނަން 600 މީހުންނަން ވެކްސިން ޖަހައިދެވިފައިވާ ކަމަށް ހަނިމާދޫ ޞިއްޙީ މަރުކަޒުން މައުލޫމަތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ