ސިފައިންގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ޚަބަރު ފަހުގެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސިފައިންގެ ޤާނޫނު (ޤާނޫނު ނަންބަރު: 2008/1) އަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ މާރިޗު މަހުގެ 8 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

އިޝްތިހާރު
އިޝްތިހާރު

ސިފައިންގެ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙަކީ، ޤާނޫނުގެ 30 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ދެ ނަންބަރު އިތުރުކުރުމެވެ.

އެ ގޮތުން، ޤާނޫނަށް އިތުރުކޮށްފައިވާ ދެ ނަންބަރުގައި ބަޔާންކޮށްފައި ވަނީ ސިފައިންގެ ފޯސް ސްޓްރަކްޗަރ ދެމެހެއްޓުމާއި، ސިފައިންގެ ވަޒީފާގައި އެންމެ ޤާބިލު މީހުން ބޭތިއްބުމަށް އިސްކަންދިނުމަށެވެ.

ސިފައިންގެ ޤާނޫނަށް މި ގެނައި އިޞްލާޙުގެ ސަބަބުން ސިފައިންގެ ރިޓަޔަރމަންޓް ޤަވާއިދުގައިވާ ގޮތުގެ މަތިން ސިފައިންނަށް ރިޓަޔަރކުރެވޭނެ ގޮތްތަށް އިތުރަށް ހަރުދަނާ ވެގެންދާނެއެވެ. މި ބިލު ތަޞްދީޤު ކުރެއްވުމާއެކު، ދިވެހި ސަރުކާރުގެ ގެޒެޓްގައި މި ޤާނޫނު ވަނީ ޝާއިޢު ކުރައްވާފައެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ