ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތް ފަށައިފި

ކުޅިވަރު ފަހުގެ

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީ މުބާރާތް 12 މާޗް 2021 ވީ ހުކުރު ދުވަހު ހަވީރު ނޮޅިވަރަންފަރު ވޮލީ ކޯޓުގައި ފަށައިފިއެވެ.

މުބާރާތް ފެށީ އަންހެން ކެޓަގަރީގެ މެޗަކުނެވެ. މި މެޗުގައި ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއާއި ހިރިމަރަދޫ ހިރިޒިލްއެވެ. މި މެޗު ފަސޭހަކަމާއިއެކު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ނޮޅިވަރަންފަރު ލައިކަންއެވެ. ލައިކަން ސެޓްތައް ގެންގޮސްފައިވަނީ 25-09، 25-08، އަދޮ 25-10 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ލައިކަންގެ ޖޯޒީ ނަމްބަރު 7 މަރިޔަމް އަޒީފާއެވެ.

އިޝްތިހާރު
އިޝްތިހާރު

ފިރިހެން ކެޓަގަރީގެ މެޗެއް ވެސް ވަނީ ރޭގައި ކުޅެފައެވެ. މި މެޗުގައި ބައްދަލު ކޮށްފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބާއި ނޭކުރެންދޫ ވޮލީ ޓީމެވެ. މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ ނޮޅިވަރަންފަރު ޓީމުންނެވެ. އެ ޓީމުން ސެޓްތައް ގެންގޮސްފައިވަނީ 25-15، 25-16އަދި 25-13 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބްގެ ޖޯޒީ ނަމްބަރު 12 އަލީ ހުޒާމްއެވެ.

މި މުބާރާތުގެ 2 މެޗެއް މިއަދު ވެސް ކުޅޭނެއެވެ. ހަވީރު އަންހެން ކެޓަގަރީގެ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލުކުރާނީ ޓީމް ކުޅުދުއްފުށި އަދި ޓީމް ނައިވާދޫއެވެ. ރޭގަނޑު ފިރިހެން ކެޓަގަރީގެ މެޗުގައި ބައްދަލުކުރާނީ ޓީމް ކުޅުދުއްފުށި އަދި ހިރިމަރަދޫ ހިރިޒިލް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ