ދިއްދޫ އަމާންވެށިން އިތުރު އަށް ކުއްޖަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 11 އަށް

ޚަބަރު ފަހުގެ

ހއ. ދިއްދޫގައި ހުންނަ އަމާންވެށިން އިތުރުން އަށް ކުއްޖަކު މިއަދު ޕޮޒިޓިވްވެ، ޖުމްލަ ޕޮޒިޓިވް ވި އަދަދު 11 އަށް އަރައިފިއެވެ.

ހއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރ އުސްމާން އަޝްރަފް ވިދާޅުވީ ކުރިން ތިން ކުއްޖަކު ޕޮޒިޓިވް ވެފައިވާއިރު މިއަދު އިތުރު އަށް ކުއްޖަކު ޕޮޒިޓިވް ވެފައިވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަމާންވެށިން ކުދިންތަކެއް ޕޮޒިޓިވް ވެފައިވާއިރު އެތަން ވަނީ ކަރަންޓީނުކޮށްފައެވެ. އެތަނުން ބޭރުން އަދި މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ