ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ވޮލީ ޓީމުން ފެށުން ރަނގަޅު ކޮށްފި – ހދ.އަތޮޅު ކައުންސިލުވޮލީ މުބާރަތް

ހަނިމާދޫ ކުޅިވަރު ފަހުގެ

މިހާރު ކުރިޔަށްދާ ހދ.އަތޮޅު ކައުންސިލު ވޮލީ މުބާރާތުގައި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ އަންހެން ވޮލީ ޓީމު ކުޅުނު ފުރަތަމަ މެޗުން މޮޅުވެ މުބާރާތުގައި އެޓީމުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ވޮލީ ޓީމް މިއަދު މޮޅުވީ ނޮޅިވަރަމާ ވާދަކޮށް ސީދާ ތިންސެޓުންނެވެ. އެޓީމުން މެޗުގެ ސެޓުތަށް ގެނެސްފައިވަނީ 25-23، 25-23 އަދި 25-08 އިންނެވެ

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ޖާޒީ ނަންބަރު 11 އާމިނަތު ރަޝީދާއެވެ.

މިރޭ 20:30 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ހަނިމާދޫ ސާއްބަ އެކުވެރި ކުލަބާއި ވައިކަރަދޫ ވީ ޓީ އެވެ. މިމުބާރާތުގައި ސާއްބަ އެކުވެރި ކުލަބުގެ ފަރާތުން ވާދަކުރަނީ ފިރިހެން ޓީމެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ