ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތް ސާއްބަ އެކުވެރި ކުލަބުގެ ފުރަތަމަ މެޗު އެޓީމުން ކާމިޔާބު ކޮއްފި

ހަނިމާދޫ ކުޅިވަރު ފަހުގެ

މިހާރު ކުރިއަށްދާ ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގައި ވައިކަރަދޫ ވީ ޓީ އާއި ބައްދަލުކޮށް ސީދާ ތިން ސެޓުން ކާމިޔާބުކޮށް ސާއްބަ ފެށުން ރަނގަޅު ކޮއްފިއެވެ.

ވައިކަރަދޫ ވީ ޓީ ގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ސާއްބަ އެކުވެރި ކުލަބުން ކާމިޔާބު ކުރީ 27-25، 25-16 އަދި 26-24 އިންނެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސާއްބަ އެކުވެރި ކުލަބުގެ ޖާރޒީ ނަންބަރު 11 ހަސަން ނިލާމު އެވެ.

ހަނިމާދޫ ދެޓީމުގެ މެޗެއް ދެން ކުޅޭނީ 16 ވަނަ ދުވަހުއެވެ. އެދުވަހު ހަވީރު 16:20 ގައި ބައްދަލު ކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ވޮލީ ޓީމާއި ނޮޅިވަރަންފަރު ލައިކަންއެވެ. 16 ވަނަ ދުވަހު 20:30 ގައި ވާދަކުރާނީ ސާއްބަ އެކުވެރި ކުލަބާއި ހިރިމަރަދޫ ހިރިޒިލް އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ