2006 ވަނަ އަހަރު މާޗު 30 (1ރަބިއުލް އައްވަލް 1427) ވީ ބުރާސްފަތި ދުވަހު ފުނަދޫ ސްކޫލްގައި އޭރު ކިޔަވަމުން ދިޔަ 49 ދަރިވަރެއްގެ ސުއޫރުތަކާއި އެ ދަރިވަރުންގެ 2020 ގެ ތަސައްވަރާ އެކު ވަޅުލެވުނު ކެޕްސޫލު އިއްޔެގެ ހަވީރު އެ ސްކޫލުން ނަގައިފިއެވެ.
މި ކެޕްސޫލު ނަންގަވައި ދެއްވީ އެ ސްކޫލްގެ ކުރީގެ ޑެޕިއުޓީ ފުރިންސިޕަލް އަޒީމާ އަލީ އާއި އެ އަހަރުގެ އެ ސްކޫލްގެ ކެޕްޓަން އަހުމަދު އާސިމް ގެ އިތުރުން މިހާރުގެ ކެޕްޓަން އައިޝަތު އިނާ އަދި ޖޫނިޔާ ކެޕްޓަން އާމިނަތު އަލާ ސަލްމާނެވެ.
މި ކެޕްސޫލް ވަޅުލުމުގައި ހަރަކާތުގައި ބައިވެރިވި ބައެއްދަރިވަރުން ވަނީ އިއްޔެގެ ހަފުލާގައި ވާހަކަ ދަށްކާފައެވެ. އެގޮތުން އެދަރިވަރުން ބުނީ ލައިބުލަރީގައި ތިބެގެން މިއަދުގެ ތަސައްވަރު ކުރަން އޭރު ވަރަށް އުނދަގޫ ވިކަމަށާ ނަމަވެސް އުއްމީދީ ހުވަފެންތަކެއް ދެކޭތީ އެވާހަކަތަށް ލިޔެފައި ވާނެކަމަށެވެ.
” އަޅުގަނޑު ލިޔުނިން 2020 ގައި ކިޔަވައި ދޭނީ އެސީގައި ކޮންމެ ކުއްޖެއް ވަކި ކޮޓަރީގައި އަދި މުދައްރިސް ވެސް ވަކި ކޮޓަރީގައި ހުރެގެން ކަމަށް ” ހަފުލާގައި ވާހަކަ ދެއްކި ފިރިހެން އިސްދަރިވަރަކު ބުންޏެވެ.
އާދެ 2020 ވެގެން ދިޔައީ އެބައިވެރިޔާ ބުނިހެން މުޅި ދުނިޔެ ސިއްސުވާލި ބަލިމަޑުކަމެއް އައިސް އެދަރިވަރުގެ ތަސައްވަރު ކުރިހެން އެމީހަކު ހުރިތާ ހުރެގެން ކިޔައިވައި ދިނުމާ އުގެނުމުގެ އަހަރަކަށެވެ.
މިހަފުލާގައި މުހާތަބު ކުރަމުން އެ ސްކޫލްގެ ޓެޕިއުޓީ ފުރިންސިޕަލް އިބުރާހިމް ޝަރީފު ވަނީ އެ ސްކޫލަށް 50 އަހަރު ފުރޭ މުނާސަބަތާއި ގުޅުވައިގެން މިފަދަ ކެޕްސުލޫލެއް ވަޅުލާނެކަން ހާމަކޮށްފައެވެ. އެކަމަށް ދަރިވަރުނާއި ބެލެނިވެރިން ތައްޔާރުވުމަށް ވެސް އިބުރާހިމް ސަރީފު އެދިލެއްވިއެވެ.
މިކެޕްސޫލްގައި ހުރި ލިޔުންތައް އެ ސްކޫލުގައި ރައްކާކޮށް ފަހުން ބެލޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް އެސުކޫލްގެ ޕުރިންސިޕަލް އިބުރާހިމް ޝަރީފު ވިދާޅުވިއެވެ.
ކެޕްސޫލްގައި ހުރި ބައެއް ސުއޫރުތަށް
- އެއާޕޯޓް އެޅޭނެ
- މަގުތަކުގައި ގައު އެތުރޭނެ
- ސްކޫލް ކުރިއަރާ ގޮސް އުމުރާނީ ތަރައްގީ ފެންނަން ހުންނާނެ
- ބަނދަރު ރަނގަޅު ފެންވަރަށް ހެދޭނެ
- އޮންލައިން ވިޔަފާރި ކުރެވުން
- ވައިގެ މަގުން ދަތުރު ކުރުން ގިނަވުން
- ފުނަދޫގައި ދުއްވާ އެއްޗެހި ގިނަވުމާއި ރަށްފަޅު ހިއްކުން
- ރާއްޖޭގެ އެކި ހިސާބުގައި އެއާރޕޯޓް އެޅޭނެ
- ފުނަދޫގައި ކޮލެޖެއް ހުނާނެ
މަތީ އެވަނީ އިއްޔެ ނެގުނު ކެޕްސޫލްގައި ހުރި ލިޔުން ތަކުގެތެރެއިން މަދު ލިޔުކޮޅުތަކެއް ގައި ދަރިވަރު ލިޔެފައިވާ ކަން ކަމާއި ތަސައްވަރެވެ. އެގޮތުން ފުނަދޫގައި އެއާޕޯޓް އެޅިފައިވުމުގެ އިތުރުން ރާއްޖޭގެ އެކި ހީސަބުތަކުގައި އެއާޕޯޓް އެޅި މިވަނީ ވައިގެ ދަރުރުތަށް އިތުރުވެފައެވެ. ފުނަދޫގެ ގިނަ މަގުތަކެއް ވަނީ ޒަމާނީ ފެންވަރަކަށް ހެދިފައެވެ. ފުނަދޫގެ ތައުލީމީ ފެންވަރު މަތިވެ އެރަށުގައި މިހާރު ކޮލެޖެއްގެ ހިދުމަތް ލިބެން އެބަހުއްޓެވެ.
އޮލައިން ވިޔަފާރި ކުރުން ވެސް އެހާމެ ފަސޭހަވެފަ މުއާސަލާތީ ގުޅުން މިވަނީ ވަރުގަދަ ވެފައެވެ.