ކަރަންޓީންގައި ނެތް އަންހެނަކު އުނގޫފާރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޚަބަރު ފަހުގެ

ރ. އުނގޫފާރުން ކަރަންޓީންގައި ނެތް އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް ޢަބްދުއްނާޞިރު ޢަލީ ވިދާޅުވީ، ކަރަންޓީންގައި ނެތް އަންހެނަކު އެރަށުން ކޮވިޑު-19 އަށް ޕޮޒިޓިވްވެފައިވާކަަމަށާއި، އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ޢަލާމާތްތައް ފެނިގެން ކޮވިޑަށް ޓެސްޓްކުރުމުންކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޢަބްދުއްނާޞިރު އިތުރަށް ވިދާޅުވީ، އެ އަންމީހާގެ ފިރިމީހާއަކީ މާލެ ދަތުރުކުރާ ބޯޓެއްގައި މަސައްކަތްކުރާ މީހެއްކަމަށާއި، އެބޯޓު 10 ދުވަހުން ދެ ދަތުރު މާލެއަށް އާންމުގޮތެއްގައި ކުރާކަމަށެވެ. އެގޮތުން އެބޯޓު މާލެއިން އެންމެ ފަހުން އެރަށަށް އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު (އިއްޔެ) ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެރަށުން ޕޮޒިޓިވްވެފައިވަނީ އުމުރުން 50 އަހަރުގެ އަންހެނެކެވެ.

އުނގޫފާރު މިހާރު އޮތީ މޮނިޓަރިންގއަށް ލާފައެވެ. އެހެންކަމުން އެޗްޕީއޭއިން ވަކިގޮތެއް ނާންގަނީސް އެރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެރަށުން ފޭބުމާއި އިތުރު މީހަކު އެރަށަށް އެރުމަކީ މަނާކަމެކެވެ.

އުނގޫފާރުން މީގެ ކުރިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވެއެވެ. އެހެންނަމަވެސް ކަރަންޓީނުގައި ނެތް އެރަށު މީހަކު ޕޮޒިޓިވްވި މިއީ ފުރަތަމަ ފަހަރެވެ.

ރާއްޖެއިން މިހާތަނަށް 22،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 65 މީހަކު ވަނީ ނިޔާވެފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ