އުނގޫފާރުން އިތުރު ހަތަރު މީހަކު ކޮވިޑަށް ފައްސިވެއްޖެ

ޚަބަރު ފަހުގެ

ރ.އަތޮޅު އުނގޫފާރުން އިތުރު ހަތަރު މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އުނގޫފާރު ހޮސްޕިޓަލުން މިއަދު ބުނީ މިހާތަނަށް އުނގޫފާރުން 5 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 19 ގެއެއް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އިޝްތިހާރު
އިޝްތިހާރު

އުނގޫފާރުން މި ކޭސްތައް ފެންމަތިވުމުން މިއަދު މެންދުރުފަހު ރެންޑަމް ސާމްޕަލްނަގާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.

advertisement

އުނގޫފާރުން އިއްޔެ ފުރަތަމަ ކޮވިޑަށް ފައްސިވީ 50 އަހަރުގެ އަންހެކެވެ. އޭނާ ކޮވިޑަށް ފައްސިވީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރުމުންނެވެ. އޭނާ ހުރީ ކަރަންޓީނަކު ނޫނެވެ.

އެހެންކަމުން މިހާރު އުނގޫފާރަށް އަރައި ފޭބުން މަނާކޮށް އިއްޔެ ފައްސިވި މީހާ އާއި ގާތުން އެއްތާވި މީހުން އަންނަނީ ކޮވިޑަށް ޓެސްޓް ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ