އިންތިޚާބުގައި ތާއީދު ކުރާނީ ހަމައެކަނި އެމްޑީޕީ ކެންޑިޑޭޓުންނަށް: ރައީސް

ޚަބަރު ފަހުގެ ސިޔާސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ މެމްބަރުން އެ ޕާޓީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު ނޫން ފަރާތަކަށް ކެމްޕެއިން ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެދިވަޑައިގެންފިއެވެ.

ރައީސް މިހެން ވިދާޅުވީ އޮންލައިންކޮށް ކުރިއަށްގެންދާ “ރަށްވެހި ފަތިސް” ކެމްޕެއިންގެ ތެރެއިން ރޭ ދ.އަތޮޅަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުމުގައެވެ.

އިޝްތިހާރު
އިޝްތިހާރު

advertisement

އެގޮތުން ރައީސް ވިދާޅުވީ ދ.ރިނބިދޫގައި އެމްޑީޕީގެ ބައެއް މެމްބަރުން އެ ޕާޓީ އަށް ނިސްބަތް ނުވާ ކެންޑިޑޭޓަކަށް މަސައްކަތް ކުރާކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށާއި ރިނބިދޫގައި ތިބި އެމްޑީޕީގެ އެއްވެސް މެމްބަރަކު އެކަހަލަ ކަމެއް ނުކުރުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.

“އަޅުގަނޑުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން އޮންނާނީ ޕާޓީގެ ކެނޑިޑޭޓުންނަށް. އެގޮތަށް ކުރިހާ ބޭފުުންވެސް އަމަލުތައް ބެހެއްޓެވުން އެދެވެން. އިރާދަކުރެއްވިޔާ އެމްޑީޕީން އަޅުގަނޑުމެންނަށް މިހުރިހާ ގޮޑިތަކެއްވެސް ލިބޭނެ.” ރައީސް ޞާލިހު ވިދާޅުވިއެވެ.

މިބައްދަލުވުމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އެއްވެސް ދާއިރާއެއްގެ ކެނޑިޑޭޓަކު އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާ ކެންޑިޑޭޓަކަށް ނޫން އެހެން އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް ދަންނަވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ