ދ.މީދޫގެ ތިން ކައުންސިލަރަކު ސަސްޕެންޑްކޮށްފި

ޚަބަރު ފަހުގެ

ދ. މީދޫ ކައުންސިލްގެ ތިން މެންބަރަކު ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑުކޮށްފިއެވެ.

އެގޮތުން ސަސްޕެންޑުކުރި ތިން ކައުންސިލަރުންނަކީ ކައުންސިލް ރައީސް އިޔާސް އިސްމާއިލް ލަތީފް އާއި ކައުންސިލުގެ ނައިބު ރައީސް ޝުރައިފް އިބްރާހިމް ރަޝީދުގެ އިތުރުން ކައުންސިލް މެމްބަރު މުހައްމަދު ތައުފީގެވެ.

އިޝްތިހާރު
އިޝްތިހާރު

މި ތިން ކައުންސިލަރުން ސަސްޕެންޑު ކުރީ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރުމާއި، ވާޖިބު އަދާކުރުމުގައި އިހުމާލުވުމާއި ކައުންސިލްގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާކަން އެނގެން އޮތުމުން ކަމަށް އެލްޖީއޭއިން ބުނެއެވެ

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ