ކުޅުދުއްފުށީ ހިނގި އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

މިމަހު 12 ވަނަ ދުވަހު ކުޅުދުއްފުށީގައި ސައިކަލަކާއި ޕިކަޕެއް ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި 17 އަހަރުގެ ކުއްޖާ މިއަދު ނިޔާވެއްޖެއެވެ.

ފަރުވާ ދެމުން ދަނިކޮށް މިއަދު ނިޔާވީ އެކްސިޑެންޓް ހިނގި އިރު ސައިކަލު ދުއްވަން އިން އުމުރުން 17 އަހަރުގެ މުހައްމަދު ޒަޔާން އައްބާސް އެވެ.

އިޝްތިހާރު
އިޝްތިހާރު

advertisement

މާޗް މަސް ތެރޭގައި އެކްސިޑެންޓްތަކުގައި މިހާތަނަށް ތިން މީހަކު ވަނީ ނިޔާވެފައެވެ. އެއީ އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓްގައި ނިޔާވި އަންހެނަކާއި، ލ.އަތޮޅު ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކާއި މިއަދު ނިޔާވި މުހައްމަދު ޒަޔާން އައްބާސް އެވެ.

ޒަޔާން ނިޔާވީ ފުރަތަމަ ކުރި އޮޕަރޭޝަނަށް ފަހު ގެޔަށް ބަދަލުކޮށް، އަނެއްކާ ހާލު ގޯސްވެގެން ދެ ވަނަ އޮޕަރޭޝަނެއް ކޮށްގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ފަހު ޒަޔާން ގެއަށް ދޫކޮށްލުމުން އޭނާ ހިނގައިބިނގައިވެ އުޅުނެވެ. ނަމަވެސް އިއްޔެ ބަނޑުގައި ރިއްސާތީ އަނެއްކާ ވެސް ހޮސްޕިޓަލަށް ގެންދިއުމުން އިތުރު އޮޕަރޭޝަނެއް ކުރުމަށްފަހު ފަރުވާ ދެމުން ދަނިކޮށް ނިޔާވީ

އެކްސިޑެންޓްގައި އަނިޔާވީ ޒަޔާންގެ ބަނޑަށެވެ. ޕިކަޕްގައި ޖެހި ސައިކަލާ އެކު އޭނާ ވެއްޓުނު ވަގުތު ސައިކަލްގެ މުއްގަނޑު ވަރަށް ބޮޑަށް ބަނޑުގައި ޖެހުނު ކަމަށްވެ އެވެ. ބަނޑު ތެރެއަށް މުއްގަނޑު ނުވަތް ނަމަވެސް ބަނޑުގެ މަސްތަކަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށް، ޑޮކްޓަރުން ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ