ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އެލަރޓް ނެރެފި 

ޚަބަރު ފަހުގެ


ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ރީނދޫ އެލަރޓް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރެފިއެވެ.

ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް އެލާޓްނެރެފައި ވަނީ 14:00 ފެށިގެން 18:00 އަށެވެ.

އިޝްތިހާރު
އިޝްތިހާރު

މިދުވަސްވަރު ވިއްސާރަ ކުރަމުން ދާއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން ވެސް އެކަށީގެން ވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހަމަކުރެއެވެ.

މެޓް އޮފީހުން ވަނީ އެސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފާރާތްތަކުން، ހާއްސަކޮށް ދެކުނުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ވަނީ އެދިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ