އައްޑޫގެ ތިން އަވަށެއްގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ ފެނަކައާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

އައްޑޫ ސިޓީ މަރަދޫ އާއި ފޭދޫ އަދި މަރަދޫ ފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތެއް ނިންމައި ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީ އިންނެވެ. މި ޕްރޮޖެކްޓް ނިންމުމުގެ ރަސްމިއްޔާތު މިއަދު ހަވީރު އައްޑޫ ސިޓީގައި ވަނީ ބާއްވާފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މަޝްރޫޢުގެ ދަށުން މަރަދޫފޭދޫ، ފޭދޫ އަދި މަރަދޫގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލު ކުރުމުގެ ކުރިން، އެ ތިން ރަށުގެ ޕަމްޕިންގ ސްޓޭޝަން، ޕެނަލް ބޯޑްސް އަދި ޓްރާންސްފަރ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމް ބެލެހެއްޓުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ވަނީ ބާއްވާފައެވެ.

މި މަޝްރޫއު އެމްޓީސީސީއާއި އެންވަޔަރަމަންޓު މިނިސްޓްރީން ހަވާލު ކުރީ 124 މިލިއަން ރުފިޔާއަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ