ނަން: ފާޠިމަތު ނާސިރާ
އެޑްރެސް: ކޮލަހިޔާ
ތައުލީމީ ފެންވަރު: ޖީސީއީ އޯލެވެލް
ކުރިމަތިލާ ދާއިރާ: ހަނިމާދޫ ކައުންސިލު އަންހެން މެންބަރު
ކެނޑިޑޭޓު ނަންބަރު: 18
ތަމްޞީލުކުރާ ޕާޓީ / ހައިސިއްޔަތު: އަމިއްލަ
ސ.މީގެ ކުރިން މިދާއިރާގައި އުޅެފައިވޭތޯ؟ އަދި އުޅެފައިވަނީ ކިހާ ދުވަހަކުތޯ؟:
ޖ. ނޫން
ސ. ހިންގުމުގެ ދާއިރާގެ ތަޖުރިބާ؟
ޖ. ނެތް
ސ. ހަރަކާތެރިވި އެންމެ ފާހަގަކޮށްލެވޭ އިޖުތިމާޢީ ހަރަކާތް؟
ޖ.
- ރަށް ސާފުކުރުމުގެ ހަރަކާތްތަކާއި
- ރަށުގައި ހިންގޭ އެކި ހަރަކާތް ތަކުގައި ބައިވެރިވުން
އަދި އެކި މުބާރާތްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުން
ސ. ރާވާ ހިންގި އިޖުތިމާޢީ ހަރަކާތްތައް؟
ޖ. ކުޑަކުދިންނަން ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލާ އަމިއްލަ ޖަމިއްޔާއަކާއި ގުޅިގެން ރަށުގެ ފޯކަލް ޕޮއިންޓެއްގެ ހައިޞިއްޔަތުން ރަށުގައި ރާވާ ހިންގުނު ހަރަކާތައް
އަޅުގަނޑު ދެކޭގޮތުގައި ކައުންސިލުގެ ބާރުވެރިކަން: - ލާމަރުކަޒީ ނިޒާމުތައް ތަޢާރަފު ވީފަހުން ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ބާރަކީ ވެރިކަން ނުވަތަ ކައުންސިލަރުން އައްޔަން ކުރުމަށް ލިބުނު އެންމެ ބޮޑު ފުރުޞަތެވެ. ރަށެއްގެ ކުރިއެރުމާއި ތަރައްޤީ ސީދާ ގުޅިފައިވާ އަދި ތަރައްޤީގެ ބޮޑު ރާޅު ބީއްސާލާތަނަކަށް ކައުންސިލު ވެފައިއޮތުމަކީ ކައުންސިލަށް ލިބިގެންވާ ބާރުތައް ވަޒަންކުރުމުގެ ދަލީލެކެވެ.
ސ. ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ގެންގުޅޭނެ ތަޞައްވަރު؟
ޖ. - ހަނިމާދޫގެ ރައްޔިތުންނަކީ ޒިންމާދާރު ބަޔަކަށްވުން
- ހަނިމާދޫއަކީ ރީތި ރަށަކަށްވުން
- ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ އެންމެހާ ރަށްވެހިކަމުގެ ޙިދުމަތް ޒިންމާދާރު ކަމާއިއެކު އެކުވެރި އެއްބައިވަންތަ އުފާވެރި ރައްޔިތުން ދިރިއުޅޭ ރަށަކަންވުން
- ކޮންމެ ޒުވާނަކީ ރަށަށުގެ ހެވާލާބަޔަށް މަސައްކަތްކުރާ ޒުވާނަކަށް ހެދުން
- ރައްޔިތުންގެ އަމިއްލަ ނިންމުންތައް ހަރުދަނާކޮށް، ރައްޔިތުންގެ ބޭނުންތައް ހަލުވި ދުވެލީގައި ކޮށްދިނުން
- ރައްޔިތުން ބޭނުންވާ ކަންކަން ފަހިކުރުވައި، ދިރިއުޅުމުގެ ފެންވަރު މަތިކޮށް ރައްޔިތުންންގެ އަޑު ދުރާގާތުން އަޑުއަހައި އަޑުއުފުލުން
- ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި އެއްގޮތަށް އަމަލުކުރުން
- އިޙްލާސްތެރިކަމާއި އެކު މަސައްކަތް ކުރުމުގައި ދެމިހުރުން
ސ.ކައުންސިލު ހިންގުމުގައި އެންމެ މުހިއްމުކަމެއް ދޭންޖެހޭނެ ކަމަށް ފެންނަ ކަންތައް؟
ޖ. - ކައުންސިލުގެ ޒިންމާ ޤާނޫނުގައި ލިޔެފައިވީ ހިނދު، ރައްޔިތުންގެ ޙިދުމަތްތައް ޤާނޫނީ އިމުގެ ތެރެއިން އިންސާފާއި ހަމަހަމަ އުޞޫލުން، ރައްޔިތުންނަށް ފޯރުކޮށްދިނުމާއި،
- ވަކިން ހާއްސަކޮށް އެކަން ހާޞިލްކުރުމަށްޓަކައި، އިދާރީ ހިންގުން ހަރުދަނާކުރުމާއި،
- ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލު ބަދަލުކޮށް ރައްޔިތުންގެ ހިޔާލުހޯދާ ކައުންސިލު ބާރު ސްޕީޑުގައި ކުރިއެރުވުމާއި،
- ދެފުށް ފެންނަގޮތަށް ކަންކަން ނިންމުމާއި،
- ކޮންމެ ރައްޔިތަކު ފުރަތަމަ ޓަކި ޖަހާނެ މައިދޮރަކަށް ކައުންސިލް ހެދުމާއި،
ރައްޔިތުންނަށް ގެއްލިފައިވާ އިތުބާރު ކައުންސިލުގެ މައްޗަށް ހޯދައިދިނުމާއި، - ރައްޔިތުން ބޭނުންވާ ފަދަ ނަމޫނާ ތަނަކަށް ކައުންސިލު ހެދުން
ސ.ކައުންސިލު މެދުވެރިކޮށް ތަރައްގީ ގެނެވޭނެކަމަށް ފެންނަ އެންމެ މުހިއްމު ދާއިރާތަކާއި ކަންކަން؟
ޖ. - އިސްލާމްދީނާއި ދިވެހިބަހާއި ޘަޤާފަތް
- ގެދޮރުވެރިކަން
- ތަޢުލީމާއި އިޖުތިމާޢީ ކަންކަން
- ޓޫރިޒަމް އާއި ޞިއްޙީ ދާއިރާ
- ދަނޑުވެރިކަމާއި މަސްވެރިކަން
- ކުޅިވަރު
ސ.ތަރައްގީގެ ތަޞައްވަރު ނުވަތަ ދާއިރާތަކާއި އިސްކަންދޭނެ ތަރުތީބު؟
ޖ. - ކައުންސިލްގެ ޙިދުމަތް ޤާނޫނީ އިމުގެ ތެރެއިން އިންސާފާއި ހަމަހަމަ އުޞޫލުން ރައްޔިތުންނަށް ފޯރުކޮށްދިނުން
- ތަޢުލީމާއި ދީނީ ކަންކަން ކުރިއަރުވައި މަސައްކަތްތެރީންނަށް ކަންކަން މަގުފަހި ކުރުވުން
- ރައްޔިތުންގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއެރުވުން
- ތަފާތު މަސައްކަތްތައްކޮށް ކަންކަން އުނގެނި ދަސްކުރުމަށް ފަހި މާހަޢުލެއް ހޯދައިދިނުން
- ރަށުގެ ރައްޔިތުންނަކީ ތަނަވަސް ފާގަތި ތިޔާގި ފުދުންތެރި ބަޔަކަށް ހެދުން
މިހާރު ރަށުން ލިބެން ނެތް އެހެންނަމަވެސް އަޅުގަނޑުގެ ދައުރެއްގައި ރަށަށް ގެންނާނެ އިސްކަންދޭ 2 ޙިދުމަތެއް:
- ހާފިޒުން ތަމްރީން ކުރުމުގެ ފުރުޞަތު ފަހިކުރުން
- ސޫކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ގަދައަޅައި މަސައްކަތް ކުރުން
ސ. މަތީގައިވާ ކަންކަމުގެ އިތުރަށް ހިމަނަން ބޭނުންވާ ކަމެއްވާނަމަ ފާހަގަކޮށްލައްވާ؟
ޖ.
- ބޯޓު ޔާޑެއް އެޅުން
- ގޯތި ބޭނުންވާ ފަރާތްތަކަށް ގެވަޅު ދޫކުރުމަށް މަސައްކަތް ކުރުން