ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އައު ހިންގާ ކޮމިޓީ އިންތިހާބު ކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގައި ޒުވާނުންގެ ޖަމްޢިއްޔާގެ އައު ހިންގާ ކޮމިޓީ އިންތިހާބު ކޮށްފިއެވެ.

އެ ޖަމްޢިއްޔާގެ އިންތިހާބީ ޖަލްސާ 03 އޭޕްރިލް 2021 ވީ ހޮނހިރު ދުވަހުގެ ރޭ ބާއްވާފައިވާއިރު ޖުމްލަ ހަތް މަޤާމަކަށް ވަނީ މެމްބަރުން ހޮވާފައެވެ. އެ މަޤާމްތަކަކީ ރައީސް، ނައިބް ރައީސް01، ނައިބް ރައީސް02، ޖެނެރަލް ސެކެއްޓަރީ، ހަޒާންދާރު، މީޑިއާ ކޯޑިނޭޓަރ އަދި ސްޕޯޓްސް ސެކެއްޓަރީއެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސްގެ މަޤާމަށް ހޮވިފައިވަނީ ފާއިތުވި ދައުރުގައި ވެސް ޖަމްޢިއްޔާގެ ރައީސްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދުއެވެ. ނައިބް ރައީސް-01 އަށް އަހްމަދު ސަމީމް ހޮވިފައިވާއިރު، ނައިބް ރައީސް-02 އަށް ހޮވިފައިވަނީ އާދަމް އިބްރާހީމްއެވެ. ޖެނެރަލް ސެކެއްޓްރީއަށް ފަރުހާދު މޫސާ ހޮވިފައިވާއިރު ހަޒާންދާރަކަށް ހޮވިފައިވަނީ މުޙައްމަދު ހަސަންއެވެ. ސްޕޯޓްސް ސެކެއްޓްރީއަށް ހޮވިފައިވަނީ މުޙައްމަދު ނާސިރުއެވެ. އަދި މީޑިއާ ކޯޑިނޭޓަރަކަށް ހޮވިފައިވަނީ އަލީ ވިސާމްއެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީކޮށް މިއަދާ ހިސާބަށް ވެސް ހުއްޓުމެއްނެތި ކާމިޔާބު ކަމާއިއެކު ހިންގަމުން އަންނަ ޖަމްޢިއްޔާއެކެވެ. ޖަމްޢިއްޔާގެ އުމުރުން ހަތާވީސް އަހަރުފުރި އަށާވީސް އަހަރާއި ދާދި ގާތްވެފައިވާއިރު، އެ ޖަމްޢިއްޔާއިން އަންނަނީ ކޮންމެ އަހަރަކު ވެސް ހަނިމާދޫގެ ކުރިއެރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ތަޢުލީމީ ދާއިރާއާއި ކުޅިވަރާއި ގުޅުންހުރި ދާއިރާތަށް ފާހަގަ ކޮށްލެވެއެވެ. ހަނިމާދޫގައި 2001 ވަނަ އަހަރުން ފެށިގެން ޕްރީސްކޫލްގެ ޚިދުމަތް ވެސް ފޯރުކޮށްދެމުން އަންނަނީ އެ ޖަމްޢިއްޔާއިންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ