އިންޓަރނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަންގެ ޔޫތު ރޭންކިންގެ 15 އަހަރުން ދަށުގެ ކެޓަގަރީގެ 08 ވަނަ، ރާއްޖޭގެ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ރޭންކްކޮށްފިއެވެ.
ސިންގަލްސް ރޭންކިންގައި 15 އަހަރުން ދަށުގެ އަންހެންކުދިންގެ ބައިގައި ދީމާ ރޭންކްކޮށްފައިވަނީ 1028 ޕޮއިންޓާއި އެކީގައެވެ. ރޭންކިންގެ އެއްވަނަ ހޯދީ ޖަޕާނު ކުޅުންތެެރިއެކެވެ. ހަމައެހެންމެ ރޭންކިންގެ 07 ވަނަ ހޯދީ އިންޑިއާގެ ސުހާނާއެވެ.
ދީމާ ހޯދި ކާމީޔާބީ ފާހަގަކުރައްވައި ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ވަނީ މަރުހަބާ ވިދާޅުވެފައެވެ. އަދި ދީމާގެ މައިންބަފައިންނަށާއި، ޓޭބަލް ޓެނިސް އެސޯސިއޭޝަނަށް ޝުކުރު އަދާކުރައްވައިފައެވެ.
ޢުމުރުން 13 އަހަރުގެ ދީމާއަކީ 2019 ވަނަ އަހަރުގައި ބޭއްްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތިން ރަންމެޑަލް ރާއްޖެއަށް ހޯދައިދިން ކުޅުންތެރިއެކެވެ.