ވުލްފްސްބާގް ބަލިކޮށް ބަޔާން ލީގު ހޯދުމާ ގާތަށް

ކުޅިވަރު ފަހުގެ

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ވުލްފްސްބާގް ބަލިކޮށް، ލީގު ހޯދުމާ ގާތަށް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ބަޔާނުންނެވެ. އެގޮތުން މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ތަރި ޖަމާލް މުސިއާލާއެވެ. އަދި މެޗުގެ 24 ވަނަ މިނެޓުގައި އެރިކް މެކްސިމް ޗޮޕޫ-މޯޓިން ވަނީ ބަޔާނުގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ވޫޓް ވޭގްހޯސްޓް ލަނޑެއް ޖަހައި، ވުލްފްސްބާގަށް ފަރަގު ކުޑަކޮށްދިން ނަމަވެސް، އޭގެ ދެ މިނެޓު ފަހުން މެޗުގައި މޮޅު ކުޅުމެއް ދެއްކި މުސިއާލާ ވަނީ އިތުރު ލަނޑެއް ޖަހައި، ބަޔާނުގެ ލީޑު އަލުން ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ވުލްފްސްބާގުން ކާމިޔާބުކުރި އަނެއް ލަނޑު، ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ޖަހައިދިނީ މެކްސިމިލިއަން ފިލިޕެވެ.

މި މޮޅާއެކު ލީގު ހޯދުމާ ގާތަށް ބަޔާން ޖެހިލިއިރު، އެ ޓީމު އެއްވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ބަޔާނަށް ކުޅުނު 29 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އާރްބީ ލައިޕްޒީގަށް 29 މެޗުން ލިބިފައިވަނީ 61 ޕޮއިންޓެވެ. އަދި ހޮނިހިރު ދުވަހުގެރޭ ބަޔާން އަތުން ބަލިވި ވުލްފްސްބާގް އޮތީ ތާވަލުގެ ތިންވަނައިގައި 29 މެޗުން 54 ޕޮއިންޓާއެކުއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ