ހަނިމާދޫގައި ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން މިރޭ ފަށަނީ

ހަނިމާދޫ ޚަބަރު ފަހުގެ

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އާންމުކޮށް ހުޅުވާލައިގެން ހަނިމާދޫގައި މިރޭ ދޭން ފަށަން ނިންމައިފިއެވެ.

މިއަދު ހަނިމާދޫ ޞިއްޙީ މަރުކަޒުން ބުނެފައިވަނީ މިރެއިިން ފެށިގެން 22 އޭޕުރީލް 2021 ގެ ނިޔަލަށް ވެކްސިން ޖެހުން ކުރިއަށް ދާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހުވާލިނަމަވެސް ދެވަނަ ޑޯޒް އަދި ޖަހާނީ 24 ފެބްރުއަރީ 2021ގެ ކުރިން ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށެވެ.

ވެކްސިން ޖެހުން ކުރިއަށްދާނީ ކޮންމެ ރެއަކު 21:00 އިން 22:00 އަށް ކަމަށް ހަނިމާދޫ ޞިއްޙީމަރުކަޒުން މައުލޫމާތުދެއެވެ.

މީގެ އިތުރުން 18 އަހަރުން މަތީގެ ފަރާތަކަށް “ސިނޮފާރމް” ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުންވެސް މިރޭ 21:00 އިން 22:00 ކުރިއަށްދާނެކަމަށް އެ މަރުކަޒުން މައުލޫމާތު ދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ