އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޚަބަރު ފަހުގެ

އުމުރުން ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ލިބިފައިވާކަމުގެ ތުހުމަތުކުރެވޭ މައްސަލައެއް ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ކްރައިމްސް އަގައިންސް ޗިލްޑްރަން ޑިޕާޓްމަންޓަށް ހުށަހެޅުމާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނެފައިވަނީ ކުއްޖާއަށް އެއްވެސް ކަހަލަ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޑޮކްޓަރަށް ވަނީ ދެއްކިފައި ކަމަށާއި އަދި ކުއްޖާއަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވޭތޯ ބެލުމަށް ސައިކޮލޮޖިސްޓަކަށް ދައްކާ، ސައިކޮލޮޖިކަލް ރިޕޯޓާއި މައްސަލަ އާއި ގުޅިގެން ހަދަންޖެހޭ ރިޕޯޓްތައް ހެދުމުގެ މަސައްކަތް ކުރަމުންދާއިރު ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަންޖޭހ މަސައްކަތްތައް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް އާ ގުޅިގެން ކުރަމުން ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“މި މައްސަލަ އަކީ ސީރިއަސް މައްސަލައަކަށް ވާތީ، ތަހުގީގަށ ބޭނުންވާ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމުގައި ދަންނަވަމެވެ. މި މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން” ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ އިލްތިމާސް:

ކުޑަކުދިންނާއިމެދު ހިންގޭ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކަކީ މި ހިދުމަތުގެ ފަރާތުން ސީރިއަސް މައްސަލަ ތަކެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ މައްސަލަތަކަކަށް ވާތީ، މި ބާވަތުގެ އެއްވެސް މައްސަލައެއްގެ މައުލޫތު ލިބިއްޖެނަމަ އެކަން ލަސްނުކޮށް މި ހިދުމަތުގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯނު 3000600 އަށާއި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސަސްގެ ހިލޭ ގުޅޭ ނަންބަރ 1412 އަށް ހުށަހެޅުއްވުމަށް އިލްތިމާސް ކުރަމެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ