މޮނީޓަރިން އުވާލުމާއެކު ހަނިމާދޫ ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ދޭ ގަޑިތައް ހާމަކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

މޮނީޓަރިން އުވާލުމާއެކު ހަނިމާދޫ ޞިއްޙީ މަރުކަޒުގެ ޙިދުމަތްތައް ދޭގަޑިތައް ހާމަކޮށްފިއެވެ.

ހަނިމާދޫ މޮނިޓަރިންގެ ހާލަތަށް ލީ މިމަހު 20 ވަނަދުވަހު އއ. މަތިވެރިން ހދ. ހަނިމާދޫއަށް ދަތުރުކުރި ދެމީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމުންނެވެ. މިވަގުތު ހަނިމާދޫ ގައި ކޮވިޑް ބަލިޖެހިފައި 3 މީހުން އެބަތިއްބެވެ. އެއީ އެއް އާއިލާގެ 3 މެންބަރުނެވެ.

އިޝްތިހާރު
އިޝްތިހާރު

އެއާއެކު ހަނިމާދޫ ޞިއްޙީ މަރުކަޒުން ވަނީ ޑޮކްޓަރަށް ދެއްކުމާއި ޕަބްލިކް ހެލްތުން ދެމުންގެންދިޔަ ޚިދުމަތްތައް މެދުކަނޑާލާފައެވެ. ނަމަވެސް އެދުވަސް ތަކުގައިވެސް މަރުކަޒަށް ގުޅައިގެން ޑޮކްޓަރަށް ދެއްކުން ކުރިއަށް ގެންގޮސްފައި ވެއެވެ.

އިއްޔެ ހަވީރު ހަނިމާދޫ މޮނީޓަރިން އުވާލުމާއެކު އެމަރުކަޒުން މިވަނީ ޚިދުމަތް ދޭ ވަގުތުތައް ހާމަ ކޮށްފައެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުން ހެނދުނު 8:00 އިން 16:00އަށް، އަދި ހަވީރު 16:00 އިން 00:00 ކުރިއަށް ދާނެއެވެ. އަދި ކުޑަކުދިންގެ ހެދި ބޮޑުވުން ޗެކްކުރުމާއި ޕަބްލިކް ހެލްތު ޔުނިޓްގެ ޙިދުމަތް ހެނދުނު 9:30 އިން މެންދުރު 12:30 ކުރިއަށް ދާނެއެވެ.

މީގެ އިތުރުން ލެބޯޓްރީގެ ޚިދުމަތް ހެނދުނު 8:00 އިން 15:00، އަދި 15:00 އިން 22:00 ކުރިއަށް ދާނެއެވެ.

ހަނިމާދޫ ޞިއްހީމަރުކަޒުން ހާމަކޮށްފައި ވާގޮތުން މެއި 2 ވަނަ ދުވަހުން ފެށިގެން ޝައްވާލު މަހުގެ 6 ރޯދަ ނިމެދެން އެ އިދާރާގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 ން 13:00 އެވެ.

މޮނީޓަރިންއަށް ލެވުމާއެކު މެދުކަނޑާލި ކޮވިޑް ދިފާއު ވެކްސިން ޕްރޮގުރާމް ފަށާނެ ދުވަހެއް އަދި އެ މަރުކަޒުން ހާމައެއް ނުކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ