ށ. ފުނަދޫއިން ދަރިވަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ޚަބަރު ފަހުގެ

ށ. ފުނަދޫއިން ދަރިވަރަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވިކަން ށ. އަތޮޅު ހޮސްޕިޓަލްއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެ ދަރިވަރު ޕޮޒިޓިވްވިކަން އެނގުނީ އެދަރިވަރާއި އެއްގޭގައި ވަކިން ހޯމްކަރަންޓީނުގައި ތިބި ދެ މީހުން ތެރެއިން އެކަކު ޕޮޒިޓިވްވުމުން، ހޮސްޕިޓަލް ނިންމި ނިންމުމެއްގެ ދަށުން އެ ގޭގައި ދިރިއުޅޭ އެންމެން ކޯވިޑްއަށް ޓެސްޓް ކުރުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފުނަދޫގެ ގެއަކަށް ހޯމް ކަރަންޓީނަށް ދެ މީހަކު ދިޔައީ ހުސްވި އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ އަންހެނަކާއި ފިރިހެނެކެވެ. އެމީހުން ކަރަންޓީނުގައި ތިބީ އެރަށުގައި މީހުން ދިރިއުޅޭ ގެއެއްގައި ވަކީންނެވެ. އޭގެތެރެއިން ފިރިހެން މީހާގެ ކިބައިން ކޯވިޑްބަލީގެ އަލާމާތް ފެންނަންފެށީ އޭގެ ދެ ދުވަސްފަހުންނެވެ. އެހެންކަމުން އެމީހާގެ ސާމްޕަލް ނެގިއެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ އޭޕްރިލް 29 ވަނަ ދުވަހުއެވެ.

ފުނަދޫން ފެނުނު ޕޮޒިޓިވް ކޭހާއި ގުޅިގެން، އެރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ނިންމީ ޕޮޒިޓިވްވި މީހާ ހުރި ގޭގެ އެންމެން ކޯވިޑްއަށް ޓެސްޓް ކުރާށެވެ. ހޮސްޕިޓަލުން އެ ނިންމުން ނިންމީ އެމީހާ ހުރީ ވަކިން ކަމަށް ވިޔަސް، ރައްކާތެރިކަން ކަށަވަރުކުރާން ބޭނުންވާތީ އެވެ. ހޮސްޕިޓަލްގެ އެނިންމުމާއެކު އެގޭގެ އެންމެން ޓެސްޓް ކުރިއެވެ. އެ މީހުންގެ ނަތީޖާ ލިބުނުއިރު އެގެއިން ވަނީ އުމުރުން 14 އަހަރުގެ އަންހެންކުއްޖަކު ޕޮޒިޓިވްވެފަ އެވެ. އެކުއްޖާއަކީ ފުނަދޫ ސްކޫލްގެ ގްރޭޑް 8 ގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރެކެވެ. އެކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ ރޭގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ