ކޮވިޑް-19 ޖެހިގެން އުމުރުން 39 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެއެވެ.
އެމީހާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11 ފައި ފަރުވާދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 74 ވަނަ ފަރާތެވެ. އަދި މިއީ މިއަހަރު މި ބަލީގައި ރާއްޖެއިން ނިޔާވި 27 ވަނަ ފަރާތެވެ.
މިއަހަރު ފެށުނުފަހުން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ފާއިތުވި ދެ ތިން ދުވަހު ޕޮޒިޓިވް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެގޮތުން ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 4000 އަށް ވުރެ މައްޗަށް އަރާފައެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްތަކުގައި ވެސް ބަލީގެ ނުރައްކާ އެބައޮތެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްތަކުގައި ކޮވިޑްގެ 1200 އަށް ވުރެ ގިނަ އެކްޓިވް ކޭސް އެބައުޅެއެވެ.