ފްލޫ ކްލިނިކުން ނެގި ތިން ސާމްޕަލެއް ޕޮޒިޓިވްވެ، ކުޅުދުއްފުށި ބަންދުކޮށްފި

ޚަބަރު ފަހުގެ

ފްލޫ ކުލިނިކަށް ދެއްކި ދެ އާއިލާގެ ތިން މެމްބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ކުޅުދުއްފުށި ސިޓީއަށް އަރާ ފޭބުން މަނާކޮށްފި އެވެ. ތިން މީހުން އިއްޔެ ޑޮކްޓަރަށް ދެއްކީ ބަލީގެ އަލާމާތްތައް ހުރެގެންކަމަށް ސިއްހީ އޮފިޝަލުން ވިދާޅުވެ އެވެ.

ޕޮޒިޓިވްވެފައިވަނީ ދެ މަފިރިއަޔާއި އާއިލާގެ އިތުރުން މެމްބަރެކެވެ. އެއީ 24 އަހަރާއި 35 އަދި 33 އަހަރުގެ މީހުންނެވެ. އެކަމާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން އެޗްފީއޭއިން ވަނީ ކުޅުދުއްފުއްޓަށް އަރާ ފޭބުން މަނާކޮށްފަ އެވެ.

އިޝްތިހާރު
އިޝްތިހާރު

މިކަމަށް ސަމާލުވުމަށް ކުޅުދުއްފުށީ ކައުންސިލުންނާއި ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ހޮސްޕިޓަލުން ބުނީ މި ކޭސްއާ ގުޅިގެން އިތުރު ސާމްޕަލްތައް ނަގާނެ ކަމަށާ އަދި ކޮންޓެކްޓް ޓްރޭސިން ކުރިއަށްދާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ