މިރޭ ހަނިމާދޫގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ އޭޕްރީލް 5ގެ ކުރިން ސިނޮފާމްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނި

ހަނިމާދޫ ޚަބަރު ފަހުގެ

މިރޭ ހަނިމާދޫގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭނީ އޭޕްރީލް 5 ކުރިން ސިނޮފާމްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އެކަނި ކަމަށް ހަނިމާދޫ ޞިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

މިއަދު އެމަރުކަޒުން ބުނެފައި ވަނީ މިރޭ 21:00 އިން 21:30 ނަންބަރު ދޫކުރުން ކުރިއަށް ދާނެކަމަށާއި، އެވަގުތުގައި ދުރުވެ ނަންބަރު ނެގުމުން ވެކްސިންގެ ޚިދުމަތް ލިބިގެންދާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ އިތުރުން ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ނުލިބޭ ބޭފުޅުންނަށްވެސް މިރޭ ހަމަ އެގަޑީގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ނަންބަރު ދޫކުރާނެ ކަމަށް އެމަރުކަޒު ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އަށް ދެ މީހަކު ޕޮޒިޓިވްވެ ވެކްސިން ޖެހުން ހަނިމާދޫގައި ހުއްޓާލިއިރު ދެމުން ދިޔައީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒެވެ. އެންމެފަހުން ދެވަނަ ޑޯޒް ދީފައި ވަނީ 21 އޭޕްރީލްގައެވެ. އެފަހަރު ވެކްސިން ދިނީ 24 ފެބުރުއަރީ ގެ ކުރިން ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް ހަނިމާދޫ ޞިއްޙީ މަރުކަޒުން ދަނީ ތަކުރާކޮށް އިލްތިމާސް ކުރަމުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ