ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެއްޖެ

ޚަބަރު ފަހުގެ

ށ. ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

އެ ބޯޓުން ޕޮޒިޓިވްވެފައި ވަނީ ފަޅުވެރިއަކާއި، ކޭޝިޔަރެވެ. ފަޅުވެރިޔާއަކީ ބިދޭސީއެކެވެ. ކޭޝިޔަރަކީ ފުނަދޫއަށް ނިސްބަތްވާ މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

ފުނަދޫން މައުލޫމާތު ހިއްސާކުރި ފަރާތެއް ބުނީ އެބޯޓުގެ މީހުންނާ އެއްވެސް ފަރާތެއް ބައްދަލު ވެފައި ނުވާކަމަށާއި، އެމީހުން ޓެސްޓުކުރީ ބޯޓު މާލެއިން އައިއިރު އަލާމާތް ހުރި މީހަކު އެބޯޓުގައި ހުރުމުން ކަމާބެހޭ ފަރާތްތަކަށް އެންގުމުން ކަމަށް ވެއެވެ.

މެއި 1 ވަނަ ދުވަހު އެރަށުން ވަނީ ދަރިވަރަކު ވެސް ޕޮޒިޓިވްވެފައެވެ. އެ ކޭހާއި ގުޅިގެން ނެގި ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފައެވެ. އެ ކޭހާއި ގުޅިގެން އެރަށުގެ 26 ގެއެއް ވަނީ ކަރަންޓީނު ވެސް ކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ