ދިއްދޫގެ އަދަދުތައް މައްޗަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ، ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު 37 އަށް

ޚަބަރު ފަހުގެ

ހއ. ދިއްދޫގެ އަދަދުތައް މައްޗަށް، އިތުރު 9 މީހަކު ޕޮޒިޓިވްވެއްޖެ، ޖުމްލަ ޕޮޒިޓިވްވީ މީހުންގެ އަދަދު 37 އަރައިފިއެވެ.

ދިއްދޫން ޖުމްލަ 381 ސާމްޕަލް މިއަދާ ހަމަޔަށް ނަގާފައިވާއިރު އޭގެތެރެއިން 37 މީހުންގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އޭގެ ތެރޭން 193 ސާމްޕަލް ނެގެޓިވް ވެފައެވެ. އަދި ނަތީޖާ ނުލިބޭ 155 ސާމްޕަލެއް ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެއިތުރުން އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 4 މީހެއް ވެސް ވަނީ ޕޮޒިޓިވްވެފަ އެވެ.

ދިއްދޫއިން އެންމެ ފުރަތަމަ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެރަށުން ޕޮޒިޓިވްވެފައިވަނީ ބަލީގެ އަލާމާތްތަކެއް ހުރެގެން އެރަށުގަ ހުރި ފްލޫކުލިނިކަށް ދެއްކި މީހެކެވެ. ދިއްދޫން މީހަކު ޕޮޒިޓިވްވުމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ދިއްދޫ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ