ޅައިމަގު މޮނީޓަރިންއަށް ލައިފި

ޚަބަރު ފަހުގެ

ށ.ޅައިމަގުން ކޮވިޑް ކޭސްތަކެއް ފެނުމާއެކު އެރަށް މޮނީޓަރިންއަށް ލައިފިއެވެ.

ޅައިމަގު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބުދުލް ރާފިއު ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ވިދާޅުވީ ރަށުގައި މިވަގުތު 6 ކޭސް އެކްޓިވް ކަމަށާއި، އެތަނުން ދެ ކޭސް ފިޔަވާ ދެން ހުރީ ހޯމްކަރަންޓީން ކޭސްތައް ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ރަށް މޮނީޓަރިންއަށް މިދިޔައީ ހޯމްކަރަންޓީންގައި ހުރި މީހަކު ގައިން ކޮވިޑް 19 ގެ އަލާމާތްތައް ފެނި އޭނާ ޓެސްޓުކޮށް ނަތީޖާ ޕޮޒިޓިވްވެ އޭނާގެ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ނެގުނު ސާޕަލް ޕޮސިޓިވްވެ، ރަށުތެރޭން އިތުރު ކޭހެއް ފެނުމުން.” ޅައިމަގު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބުދުލް ރާފިއު ވިދާޅުވިއެވެ.

އެ ދެމީހުން ޕޮޒިޓިވް ވުމާއެކު އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި 3 ގެއެއް މޮނީޓަރިންއަށް ލެވި ސާމްޕަލް ނެގިފައިވެއެވެ. އެތަނުން އެކަކު ޕޮޒިޓިވްވިއިރު އެއީ ސްކޫލް ކުއްޖެއް ކަމަށާއި، އެކުއްޖާ ސްކޫލަށް ހާޒިރުވެފައި ވާކަމަށްވެސް އަބުދުލް ރާފިއު ވިދާޅުވިއެވެ.

ޅައިމަގުން ފެނުނު ކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާއިރު އެޗް.ޕީ.އޭ.އިން ވަނީ ރަށް މޮނީޓަރިންއަށް ލާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ