ދަރަވަންދޫ އެމަރޖެންސީ އޮޕެރޭޝަން ސެންޓަރުން އެރަށުގެ ރައްޔިތުންގެ ސަމާލުކަމަށް ނެރެފައިވާ ނޯޓިސްއެއްގައި ވަނީ އެރަށު ހޯމް ކަރަންޓީންގައި ހުރި ބަނގުލަދޭޝް ރައްޔިތަކު ހޯމް ކަރަންޓީން އުސޫލާއި ހިލާފުވެ ރަށުތެރޭގައި އުޅެފައިވާކަމަށެވެ.
އެނާ ބޭރަށް ނުކުމެފައި ވަނީ ރިލީސް ސާޕަލް ނަގާ އޭގެ ނަތީޖާ ނުލިބެނީހެވެ. އަދި ނަތީޖާ ލިބުނުއިރު އެނާ ޕޮޒިޓިވް ކަމަށްވެސް އެ ނޯޓިސްގައި ވެއެވެ.
އަދި މިހާތަނަށް އޭނާ ގޮސްފައި ވާކަން އެގިފައިވަނީ ” މުއިރަން ” ފިހާރައަށާއި އެރަށު ބޮޑު މިސްކިތަށްކަން ހޯދިފައި ވާކަމަށް ދަރަވަންދޫ
އެމަރޖެންސީ އޮޕެރޭޝަން ސެންޓަރުން ބުނެއެވެ.
އަދި އޭނާއާއި މޭ 6 ވަނަދުވަހުގެ ފަހުން ބައްދަލު ވެފައިވާ އެއްވެސް މީހަކު ވާނަމަ ލަސްނުކޮށް 6600040 ގުޅާ މައުލޫމާތު ހިއްސާކުރުމަށްވެސް އެ ސެންޓަރުން އެދިފައިވެއެވެ.
މިކަމާއި ގުޅިގެން ރަށް މޮނީޓަރިންއަށް ލާފައި ނުވާއިރު، ގިނަ ބެލެނިވެރިން ދަރިވަރުން ސްކޫލަށް ނުގެންދަން ނިންމާފައި ވާކަމަށްވެސް އިތުބާރު ހުރި މަސްދަރަކުން ގޮށްކޮޅަށް މައުލޫމާތު ލިބިފައިވެއެވެ.



ޚިޔާލުތައް: