ޅައިމަގުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި މިވަގުތު 30 މީހުން

ޚަބަރު ފަހުގެ

ށ.ޅައިމަގުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ 30 މީހުން އެބަތިއްބެވެ.

ޅައިމަގު މަރުކަޒުން ރޭ ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން 30 މީހުން މިވަގުތު ބަލިޖެހިފައި ތިބިއިރު 32 މީހަކަށް އެރަށުން ކޮވިޑް-19 ޖެހިފައި ވެއެވެ. 2 މީހުން ބަލިން ރަނގަޅުވެފައިވާއިރު ޖުމުލަ 311 ސާމްޕަލް އެރަށުން ނަގާފައިވެއެވެ. ނަތީޖާ ނުލިބި 4 ސާމްޕަލެއް ވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މެއި 9 ވަނަދުވަހުން ފެށިގެން އެޗް.ޕީ.އޭ.އިން ޅައިމަގު ވަނީ މޮނީޓަރިންއަށް ލާފައެވެ.

ޅައިމަގު މޮނީޓަރިންއަށް ލުމާއި ބެހޭގޮތުން ޅައިމަގު ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަބުދުލް ރާފިއު މެއި 9 ވަނަ ދުވަހު ވިދާޅުވީ “ރަށް މޮނީޓަރިންއަށް މިދިޔައީ ހޯމްކަރަންޓީންގައި ހުރި މީހަކު ގައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނި އޭނާ ޓެސްޓުކޮށް ނަތީޖާ ޕޮޒިޓިވްވެ އޭނާގެ ޑައިރެކްޓް ކޮންޓެކްޓުގެ ގޮތުގައި ނެގުނު ސާމްޕަލް ޕޮޒިޓިވްވެ، ރަށުތެރޭން އިތުރު ކޭހެއް ފެނުމުން.”

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ