ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، މިރޭ 8:42 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވެފައިވާކަމަށެވެ.
މަރުވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެކެވެ. މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 105 ކަށް އަރާފައެވެ.
މިހިނގާ މޭ މަހު ރާއްޖޭގައި ކޮވިޑް-19 ގައި މަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާތީ، އެޗްޕީއޭއިން ވަނީ ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ.


