ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު ތިން މީހަކު ނިޔާވެއްޖެ

ޚަބަރު ފަހުގެ

ރާއްޖެއިން ކޯވިޑް-19 ބަލީގައި އިތުރު ތިން މީހަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ތިން ފިރިހެނުންނެވެ. އެއީ އުމުރުން 81 އަހަރުގެ މީހަކާއި، 77 އަހަރުގެ މީހަކާއި އަދި 58 އަހަރުގެ މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ނިޔާވި މިތިން މީހުންގެ އިތުރު ތަފްސީލެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަދި ހާމައެއް ނުކުރަށްވައެވެ.

މި ބަލީގައި ރާއްޖެއިން އިއްޔެ ވަނީ ޖުމްލަ ހަ މީހަކު މަރުވެފައެވެ. އެއީ އުމުުރުން 80 އަހަރުގެ ފިިރިހެނަކާއި، 79 އަހަރުގެ އަންހެނަކާއި 62 އަހަރުގެ އަންހެނަކާއި 68 އަހަރުގެ އަންހެނަކާއި 78 އަހަރުގެ ފިރިހެނަކާއި 66 އަހަރުގެ ފިރިހެނެކެވެ. މީގެތެރެއިން ފަސް މީހަކު މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށެވެ.

މިއާއިއެކު މި މަހު އެކަނިވެސް 59 މީހަކު މިވަނީ މިބަލީގައި ނިޔާވެފައެވެ. މިބަލީގައި މިއަހަރު ނިޔާވި މީހުންގެ ޢަދަދަކީ 81 އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ