ކޮވިޑު ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ.
”ހަފްތާ“ އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ 41 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވި ސީދާ ވަގުތެއް އަދި ސާފެއް ނުވެ އެވެ.
މިއީ ކޮވިޑު ޖެހިގެން ރާއްޖެއިން މިއަދު މަރުވި ނުވަ ވަނަ މީހާ އެވެ. އަދި މިއީ އެ ބަލީގައި އެއް ދުވަހާ އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.
މި މަރާއެކު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 138 އަށް އަރައިފަ އެވެ. އެއީ 125 ދިވެހިންނާއި 13 ބިދޭސީންނެވެ.
މިއަދު މަރުވި މީހުންގެ ތަފުސީލު:
- ފަތިހު 2:02 ގައި/ 81 އަހަރުގެ ދިވެހި ފިރިހެނެއް
- ފަތިހު 4:25 ގައި/ 58 އަހަރުގެ ދިވެހި ފިރިހެނެއް
- ފަތިހު 3:18 ގައި/ 77 އަހަރުގެ ދިވެހި ފިރިހެނެއް
- ހެނދުނު 6:55 ގައި/ 93 އަހަރުގެ ދިވެހި ފިރިހެނެއް
- ހެނދުނު 7:44 ގައި/ 85 އަހަރުގެ ދިވެހި ފިރިހެނެއް
- ހެނދުނު 11:05 ގައި/ 87 އަހަރުގެ ދިވެހި ފިރިހެނެއް (ޅ. ހިންނަވަރުން)
- މެންދުރު 2:35 ގައި/ 78 އަހަރުގެ ދިވެހި ފިރިހެނެއް
- މެންދުރު 2:50 ގައި/ 78 އަހަރުގެ ދިވެހި އަންހެނެއް


