ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހޯމަ ދުވަހު އިތުރު ތިން މީހަކު ނިޔާވެ، ޖުމްލަ އަދަދު 13ށް އަރައިފިއެވެ.
އެޗްޕީއޭއިން ބުނީ މިރޭ 10:20ހާއިރު އައްޑޫ ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް 83 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. އެއީ 140 ވަނަ މަރެވެ. މީގެ އިތުރަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްފައި އޮތް އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ހޯމަ ދުވަހުގެ 11:27ގައި ނިޔާވެފައިވާއިރު، 11:30ގައި 58 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީން ނިޔާވެފައެވެ. މި ތިން މަރާއި އެކު ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 142ށް އަރާފައެވެ.
ހޯމަ ދުވަހު މަރުވި މީހުންގެ ތަފުސީލު:
- ފަތިހު 2:02 ގައި/ 81 އަހަރުގެ ދިވެހި ފިރިހެނެއް
- ފަތިހު 4:25 ގައި/ 58 އަހަރުގެ ދިވެހި ފިރިހެނެއް
- ފަތިހު 3:18 ގައި/ 77 އަހަރުގެ ދިވެހި ފިރިހެނެއް
- ހެނދުނު 6:55 ގައި/ 93 އަހަރުގެ ދިވެހި ފިރިހެނެއް
- ހެނދުނު 7:44 ގައި/ 85 އަހަރުގެ ދިވެހި ފިރިހެނެއް
- ހެނދުނު 11:05 ގައި/ 87 އަހަރުގެ ދިވެހި ފިރިހެނެއް (ޅ. ހިންނަވަރުން)
- މެންދުރު 2:35 ގައި/ 78 އަހަރުގެ ދިވެހި ފިރިހެނެއް
- މެންދުރު 2:50 ގައި/ 78 އަހަރުގެ ދިވެހި އަންހެނެއް
- އިރުއޮއްސި 6:48 ގައި/ 41 އަހަރުގެ ދިވެހި އަންހެނެއް
- ރޭގަނޑު 7:53 ގައި/ 86 އަހަރުގެ ޖަޕާނު ފިރިހެނެއް
- ރޭގަނޑު 10:20 ގައި/ 83 އަހަރުގެ ދިވެހި ފިރިހެނެއް (އައްޑޫ ސިިޓީ)
- ރޭގަނޑު 11:27 ގައި/ 80 އަހަރުގެ ދިވެހި އަންހެނެއް
- ރޭގަނޑު 11:30 ގައި/ 58 އަހަރުގެ ދިވެހި ފިރިހެނެއް



