ކޮވިޑް ޖެހިގެން މިއަދު ތިންވަނަ މީހަކު މަރުވެއްޖެ

ޚަބަރު ފަހުގެ

ކޮވިޑް ޖެހިގެން މިއަދު ތިންވަނަ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މި ބަލީގައި އެންމެފަހުން މަރުވެފައިވަނީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެމީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ ރާއްޖެއިން މި ބަލީގައި މަރުވި 147 ވަނަ ފަރާތެވެ.

މި ބަލީގައި މިއަދު ރާއްޖެއިން ފުރަތަމަ މަރުވެފައިވަނީ އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 91 އަހަރުގެ ފިރިހެނެކެވެ. ދެން މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލީޓިގައި ފަރުވާދެމުންދިޔަ އުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެކެވެ.

advertisement

ކޮވިޑްގައި ގިނަ އަދަދަކަށް ރާއްޖެއިން މީހުން މަރުވަމުންދާއިރު، މި ބައްޔަށް ޕޮޒިޓިވް ވެފައިވާ 24،000 އަށް ވުރެ ގިނަ މީހުން ރާއްޖޭގައި އެބަ ތިއްބެވެ. އޭގެތެރެއިން 289 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ