ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ނިޔާވެފައިވަނީ 56 އަހަރުގެ މީހެކެވެ. އަދި އެއީ ޅ.ހިންނަވަރަަށް ނިސްބަތްވާ ފިރިހެނެެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އޭނާ ނިޔާވީ ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށްނެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 149އަށް އަރާފައެވެ.


