ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 06:37ގައި ކޮވިޑް ޖެހިގެން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި ދިވެއްސަކު މަރުވެފައިވާ ކަމަށެވެ.
މަރުވެފައިވަނީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ 24 ގަޑިއިރަށް ފަހު ކޮވިޑް ޖެހިގެން މަރުވި ފުރަތަމަ މީހާއެވެ.
މި މީހާގެ މަރާއެކު ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 159 އަށް އަރާފައެވެ. އަދި މި މަސް ތެރޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 86 އަށް އަރާފައެވެ.


