ކޮވިޑްގައި ރާާއްޖެއިން މިއަދު ތިންވަނަ މީހެއް ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ނިޔާވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރްއަށް ގެނެވުނު58 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިއާއެކު ރައްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު މިވަނީ161 އަށް އަރާފައެވެ.
މިއަދު 03:39 ގައި 62 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ނިޔާވެފައި ވެއެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގެ11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަދު ކޯވިޑްގައި އުމުރުން 83 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައި ވެއެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 6:37 ގައި އެވެ.

އެޗްޕީއޭއިން ބުނީ މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެވެ.
މިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު ނިޔާވެފައި ވާއިރު، ކޯވިޑްގައި އިއްޔެ މީހަކު ނިވެފައެއް ނުވެއެވެ. މިއަދުގެ މިހާތަނަށް ކޮވިޑްގައި ރާއްޖެއިން ތިން މީހުން ނިޔާވެފައި ވެއެވެ.
މިމަހަކީ އެންމެ ގިނަ މީހުން ކޯވިޑްގައި މަރުވި މަހެވެ. އެގޮތުން އެންމެ ގިނަ މީހުން މަރުވި ދުވަހު 13 މީހުން ކޯވިޑްގައި މަރުވެފައިވެ އެވެ.
މިހާތަނަށް ރާޢްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 63،786 މީހުންނެވެ. އޭގެ ތެރެއިން 24،205 މީހަކަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 39،314 މީހުންނެވެ.


