ކޮވިޑުގައި ރާއްޖެއިން 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ޚަބަރު ޚަބަރު ޢާޖިލް ފަހުގެ

ކޮވިޑް-19 ޖެހިގެން ރާއްޖެއިން 10 އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

އެ ކުއްޖާ މަރުވެފައި ވަނީ މިރޭ 12:15 އެހާކަންހާއިރު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އެއީ އޯޓިޒަމްއ ހުންނަ ކުއްޖެއް ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މިއީ ކޮވިޑުގައި ރާއްޖެއިން ކުޑަކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ.

ކޮވިޑުގައި އިއްޔެވެސް އަށް މީހަކު ވަނީ މަރުވެފަ އެވެ. އަދި މިރޭ މަރުވި ކުޑަކުއްޖާއާއެކު ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ ވަނީ 170 އަށް އަރައިފަ އެވެ.

ރާއްޖެއިން ކޮވިޑް-19 ފެނި، އެބަލިމަޑުކަމުގައި އުޅޭތާ 14 މަސް ވެފައިވާ އިރު، މިދިޔަ މަހަކީ އެބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. އެއީ ޖުމުލަ 88 މީހުންނެވެ.

އަދި މިދިޔަ މަހުގެ 25 ވަނަ ދުވަހު އެކަނިވެސް 13 މީހަކު ވަނީ ކޮވިޑުގައި މަރުވެފަ އެވެ. އެއީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ