ކޮވިޑް-19 ޖެހިގެން ގދ.ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދޭގޮތުގައި މި ބަލީގައި ނިޔާވެފައިވަނީ އެރަށު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 88 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއީ ތިނަދޫގައި މި ބަލި ޖެހިގެން ނިޔާވި ފުރަތަމަ މީހާ އެވެ. މި މަރާއެކު ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 172އަށް އަރައިފައެވެ.
މިއީ ރާއްޖެއިން މި މަހު މި ބަލީގައި މަރުވި 11ވަނަ މީހާއެވެ.


