ކޮވިޑް 19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު މިއަދު އިރުއޮއްސި 07:40 ގައި މަރުވެފައިވާ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.
މިއީ ކޮވިޑް ޖެހިގެން މިއަދު މަރުވި ތިން ވަނަ މީހާއެވެ. މިއާއެކު ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި ޖުމްލަ މީހުންގެ އަދަދު މިވަނީ 185 އަށް އަރާފައެވެ.


