އެސްޓީއޯ އިން ޕެޓްރޯލް އަދި ޑީސަލް ވިއްކާ އަގު ބޮޑު ކޮށްފި

ޚަބަރު ފަހުގެ

ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިިއްކާ ތެލުގެ އަގު އަނެއްކާވެސް ބޮޑު ކޮށްފިއެވެ. މިއަހަރުގެ ފެބްރުއަރީ މަހު ފަހު ކޮޅުވެސް އެސްޓީއޯއިންވަނީ ޕެޓްރޯލް ވިއްކާ އަގުވަނީ ބޮޑުކޮށްފައެވެ.

މިއަދު ގެނެވުނު ބަދަލާއެކު ޑީސަލް ލިޓަރެއްގެ އަގަކީ 10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އަދި ޕެޓްރޯލް ލިޓަރެއްގެ އަގަކީ 9.74 (ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) އެވެ. އެސްޓޯއިންވަނީ ޑީސަލް ލިޓަރަކުން 0.93 (ނުވަދިހަ ތިނެއް) ލާރި އަދި ޕެޓްރޯލް ލިޓަރަކުން 0.89 (އަށްޑިހަ ނުވައެއް) ލާރި ބޮޑުކޮށްފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، މި ކުންފުނިން ފޯރުކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި 20 ޖޫން 2021 ން ފެށިގެން މި ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައުމަށްވަނީ ނިންމިފަ” އަގަށް ގެނެވުނު ބަދަލާ ގުޅިގެން އެސްޓީއޯއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ދިވެހިންނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ވެދޭ އެހީއެއްގެ ގޮތުން ކަމަށް ބުނެ، ޕެޓްރޯލާއި ޑީސަލްގެ އަގު މިދިޔަ އަހަރު މާރިޗް މަހުވަނީ ހެޔޮކޮށްފައެވެ. އޭގެ ފަހުން މި އަހަރު ފެބްރުއަރީ މަހާ ހަމައަށް ޕެޓްރޯލް ވިއްކަމުން އައީ ހެޔޮ އަގުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ