އއ.މަތިވެރިން ހަތް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މަތިވެރި ހެލްތު ސެންޓަރުން ބުނީ ރޭ 11:00 އާއި ހަމައަށް މަތިވެރިން މުޅިން އާ ހަތް ކޭސް ފެނިފައިވާ ކަމަށާއި އަދި ނަތީޖާ ނުލިބޭ އެއް ސާމްޕަލް އެބައޮތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކަންނެލި ދޯންޏަކުން އެ ރަށަށް ދިޔަ ބަޔަކު ވެސް ހިމެނެއެވެ.
ޕޮޒިޓިވް ކޭސްތަކާ ގުޅިގެން މަތިވެރި މިވަގުތު އޮތީ މޮނީޓަރިން ހާލަތުގައެވެ.


