ދިއްދޫއަށް އަރާ ފޭބުން މަނާ ކޮށްފި

ޚަބަރު ފަހުގެ

ހއ އަތޮޅު ދިއްދޫއަށް އަރާ ފޭބުން މަނާކޮށް، އެރަށް މޮނީޓަރިންގގެ ހާލަތަށް ގެނެސްފިއެވެ.

ދިއްދޫއަށް އަރާފޭބުން މަނާ ކޮށްފައިވަނީ، އެރަށުން ކަރަންޓީނުގައި ނެތް މީހަކު ބައްޔަށް ފައްސިވުމާއި ގުޅިގެންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެރަށުގައި ބަލި ފެތުރޭ މިންވަރު އިތުރުވުމުގެ ސަބަބުން މީގެ ކުރިންވެސް އެރަށް ވަނީ، މޮނީޓަރިންގގެ ހާލަތަށް ގެނެސްފައެވެ. އެރަށް މޮނީޓަރިންގެ ހާލަތުން ނަގާފައިވަނީ، މީގެ 2 ހަފްތާ ކުރިންނެވެ.

އަލުން އެރަށް މޮނީޓަރިންގގެ ހާލަތައް ލާފައިވާކަން އަންގަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އެރަށު ކައުންސިލަށް ފޮނުވި އެންގުމުގައި ބުނެފައިވަނީ، ކޯވިޑް 19 އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް މިއަދުން ފެށިގެން އެރަށް މޮނީޓަރިންގގެ ހާލަތަށް ލާފައި ވާކަމަށާއި، ހުރިހާ ފަރާތްތަކުންވެސް މިކަމަށް އެއްބާރުލުން ދިނުމަށް އަންގާކަމަށެވެ.

އަދި އެރަށުން ފުރައިގެން އެހެން ރަށްރަށަށް މީހުން ދިއުން މަނާ ވާނެ ކަމަށާއި، އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް އެރުންވެސް މަނާ ވާނެ ކަމަށް ވަނީ އަންގާފައެވެ.

މިހާރުވެސް ރާއްޖޭގެ 50 އަށް ވުރެ ގިނަ ރަށް ވަނީ ކޯވިޑް 19 ގެ ސަބަބުން މޮނީޓަރިންގގެ ހާލަތަށް ގެނެސްފައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ