ދީނީ އިލްމްވެރިން ވިދާޅުވާ އެއްޗެއް މަޖިލިސް މެމްބަރުން އަޑުއަހަން ޖެހޭނެ – ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ

ޚަބަރު ފަހުގެ

ގާނޫނެއް ފާސްކޮށްގެން ދެބަސްވުންތަކާއި ހިޔާލު ތަފާތުވުން ތަކެއް އޮންނަ ހިސާބަށް ގޮސްގެން ނުވާނެކަމަށާއި މަޖިލީހާއި ދީނީ ބޭފުޅުންނާ މެދުގައި ސުލްހަވެރި ހައްލަކަށް އާދެވެން ޖެހޭނެކަމަށް ރަައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލާ ބެހޭގޮތުން ސަންގުޓީވީގެ ހަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢަބްދުލްޣަފޫރު ވިދާޅުވީ ގާނޫނެއް ފާސް ކުރާއިރުގައި އިސްލާމިކް މިނިސްޓްރީން އެބުނާ އެއްޗެއް ވަރަށް ރަނގަޅަށް އަޑު އަހަން ޖެހޭނެ ކަމަށާއި ގާނޫނެއް ފާސްކޮށްގެން ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތަކެއް އޮންނަ ހިސާބަށް ގޮސްގެން ނުވާނެ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

“އަޅުގަނޑުމެން ގާނޫނެއް ފާސް ކުރާއިރުގައި އަޅުގަނޑު ގަބޫލު ކުރާ އުސޫލަކީ އިސްލާމިކް މިނިސްޓްރީން އެބުނާ އެއްޗެއް އަޅުގަނޑުމެން ހަމަ ވަރަށް ރަނގަޅަށް އަޑު އަހަން ޖެހޭނެ. އަޅުގަނޑުމެންގެ ތެރޭގައި ގާނޫނެއް ފާސްކޮށްގެން ދެބަސްވުންތަކާއި ހިޔާލު ތަފާތުވުންތަކެއް އޮންނަ ހިސާބަށް ގޮސްގެން ނުވާނެ. ވާހަކަ ދައްކައިގެން ހައްލު ކުރެވެން ޖެހޭނެ. ބިލުގައި ރަނގަޅު ކުރަން ހުރި ކަންތައްތައް ރަނގަޅު ކުރެވެން ޖެހޭނެ. ދެފަރާތުގެ މެދުގައި ސުލްހަވެރި ހައްލަކަށް އާދެވެން ޖެހޭނެ.” އަބްދުލް ޣަފޫރު މޫސާ ވިދާޅުވިއެވެ.

ޢަބްދުލްޣަފޫރު ނޫސާ ވިދާޅުވީ ގާނޫނެއް ފާސް ކުރުމުގެ ބޭނުމަކީ ހިމާޔަތާ ރައްކާތެރިކަން ލިބި ހަމަހަމަ ކަމާއެކު ދިރިއުޅުން ކަމަށާއި ދީނާ ބެހޭ ބިލެއް ފާސް ކުރާނަމަ އޭގެ ސަބަބުން އިސްލާމް ދީން ފުރިހަމައަށް ހިމާޔަތް ކުރެވެން ޖެހޭނެ ކަމަށެވެ. އަދި އެއީކީ އެއްވެސް މީހަކު ޝައްކު ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށާއި ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ދެވިގެން ނުވާނެކަމަށް އަބްދުލް ޣަފޫރު މޫސާ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ ހިޔާލު ތަފާތުވީ ނަމަވެސް ދީނީ ބޭފުޅުން ވިދާޅުވާ އެއްޗެއް ވަރަށް ރަނގަޅަށް އަޑުއަހަން ޖެހޭނެ ކަމަށާއި އިސްލާމިކް މިނިސްޓަރާއި މިނިސްޓްރީގައި ތިއްބަވާ ބޭފުޅުން ދައްކަވާ ވާހަކަތައް އަޑު އަހަން ޖެހޭނެކަމަށެވެ. ހަމައެހެންމެ އެއްވެސް ހާލެއްގައި ރުޅިވެރިކަމާ ދެބަސްވުމާ ހިޔާލުތަފާތުވުމުގެ ތެރޭގައި އެއްބަޔަކާ އަނެއްބަޔަކު ވާހަކަ ނުދެއްކޭ ހިސާބަށް ދާކަށް ނުޖެހޭނެކަމަށް ވެސް އަބްދުލް ޣަފޫރު މޫސާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޢަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެބިލަށް ވާހަކަ ދައްކައިގެން ހައްލު ހޯދައިގެން އެކަންކަން ނިންމަން ސަރުކާރަށް ގޮވާލާކަމަށާއި ބިލެއް ނިމިގެން ދާއިރު އެއްބަޔަކު ރުޅިއައިސް ތިބެގެން ނުވާނެކަމަށެވެ.

އަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ކަންކަން ހައްލުވެގެން ދާނީ ދީނީ ބޭފުޅުން ވެސް ބޭނުންވާ މިންވަރަށް އެ ބިލްގެ ކަންކަން ބައްޓަން ކުރެވި ދެފަރާތުގެ ވެސް ދޫދިނުންތަކެއް ދީގެންކަމަށާއި އެނޫން ގޮތަކަށް ދިޔުމުން ގައުމަށް މާބޮޑު ފައިދާތަކެއް ނުކޮށް އިތުރަށް ނުތަނަވަސް ކަމާ ހިތްހަމަނުޖެހުން އުފެދިގެން ދާނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ