ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް، ތާރީޚަށް ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ހދ. އަތޮޅުން ނުފޮނުވާ ހަމައެކަނި ރަށު ކައުންސިލްކަމުގައި ހަނިމާދޫ ކައުންސިލް ވެއްޖެއެވެ.
އެ ރިޕޯޓު ތާރީޚަށް ފޮނުވި ކައުންސިލްތައް މިއަދު ހދ. އަތޮޅު ކައުންސިލުން ވަނީ އިއުލާންކޮށްފައެވެ.
އަދި ހދ. އަތޮޅު ކައުންސިލުން ވަނީ، 2021 ވަނަ އަހަރު، ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ޙަރަކާތްތަކުގެ ތަފްޞީލު ރިޕޯޓު، ޤާނޫނުގައިވާ ތާރީޚަށް ފޮނުއްވާފައިވާ ކައުންސިލްތަކުން، ޤާނޫނީ ޒިންމާ އަދާކުރައްވާފައިވާތީ އެކަމަށް ޝުކުރު އަދާކުރަށްވާފައެވެ.
އެ ކައުންސިލްތަކަކީ، ފިނޭ ކައުންސިލް، ނައިވާދޫ ކައުންސިލް، ހިރިމަރަދޫ ކައުންސިލް، ނޮޅިވަރަންފަރު ކައުންސިލް، ނެއްލައިދޫ ކައުންސިލް، ނޮޅިވަރަން ކައުންސިލް، ކުރިނބީ ކައުންސިލް، ކުމުންދޫ ކައުންސިލް، ނޭކުރެންދޫ ކައުންސިލް، ވައިކަރަދޫ ކައުންސިލް އަދި މަކުނުދޫ ކައުންސިލް އެވެ.


