ގަމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ޚަބަރު ފަހުގެ

ލ. ގަމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސިއާ އެ މަސައްކަތް ހަވާލުކުރީ މިއަދުއެވެ. އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް އެއްބަސްވުމުގައި ސޮއިކުރެއްވި އިރު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

އެ މަޝްރޫއުގެ ދަށުން ބަދަރު ފުން ކުރުމާއި، 310 މީޓަރުގެ އެއްގަމު ތޮށިލުމާއި، 360 މީޓަރު ސޭންޑް-ފިލް ބްރޭކް ވޯޓާ ޖެހުމާއި، 128 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮށިލުމާއި، 17 މޫރިންގ ރިންގު ހަރުކުރުން ހިމެނެއެވެ. އަދި 20 މޫރިންގ ބޮއި ހަރުކުރުމާއި، އެއްގަމު ތޮށިލުމަށް ބްރިޖެއް އެޅުމާއި، 1،550 އަކަ މީޓަރުގެ ޕޭމަންޓް ހެދުމާއި މަގުބައްތި ހަރުކުރުން ހިމެނެއެވެ.

365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއަކީ 24.71 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ