އއ.ބޮޑުފޮޅުދޫ އާރު،ބީ،ޖީ ސްޕޯރޓްސް ކުލަބުން އެކުލަބުގެ މެމްބަރުން ނަށް ހާއްސަ ކޮށްގެން ވޮލީޓްރެއިނިންގް ކޭމްޕެއް ފަށައިފި

ކުޅިވަރު ފަހުގެ

އއ.  ބޮޑުފޮޅުދޫ އާރު،ބީ،ޖީ ސްޕޯރޓްސް ކުލަބުން އެކުލަބުގެ އަންހެން މެމްބަރުންނަށް ހާއްސަކޮށްގެން ވޮލީ ޓްރެއިނިންގް ކޭމްޕެއް ފަށައިފިއެވެ.

31 އޮގަސްޓް 2021 ވަނަ ދުވަހު މެންދުރު 13:30 ގައި ކޭޕް ފައްޓަވައިދެއްވީ އއ.ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝުޖާއު  ވިދާޅުވީ ކުލަބު ޖަމިއްޔާތަށް އުފެދިގެން އައި ހިސާބުން އެބޭފުޅާ އަކީވެސް އާރުބީޖީ ސްޕޯރޓްސް ކުލަބުން ބޭނުންވާ މަޝްވަރާ އާއި ހިޔާލޔ ދެމުން އަންނަފަރާތެއް ކަމަށާއި، އެގޮތުން އާރުބީޖީ ސްޕޯރޓްސް ކުލަބަކީ އިންޓާރނަލް އަދި އެކްސްޓާރނަލް ހަރަކާތްތައް ހިންގުމަށް ފަރިތަ ކުލަބެއް ކަމަށެވެ. ޝުޖާއު ވިދާޅުވީ ކުލަބަކަށްވީމާ ހާއްސަކަންތައްތަކެއް، ހާއްސަ ސިފަތަކެއް އޮންނަން ނުޖެހެއޭ ބުނާބުނުން އެއީ އެބޭފުޅާ ޤަބޫލު ކުރާކަމެއްނޫންކަމަށާއި، ކުލަބެއްވީމާ ހާއްސަ ގޮތްތަކެއް ކުލަބުގެ މެމްބަރުންނަށް އޮންނަންވާނެ ކަމަށާއި، އެހެން ނޫންކަމަށް ވާނަމަ އަބަދުވެސް ތަމްސީލް ކުރާނީ ޖުމްލަކޮށް ރަށް ތަމްސީލް ކުރާޓީމެއް ކަމަށާއި، ކުޅުންތެރިން އުފެއްދުމުގެ ރޭޓް ނިސްބަތުން މަދުވެގެން ދާނެކަމަށާއި، ކުލަބުތަކާއި ޖަމާއަތްތައް ގިނަ ނުވާނަމަ އަޅުގަނޑުމެންނަށް އަބަދުވެސް ފުރަސަތު ލިބޭނީ އެއްކުޅުންތެރިން ތަކަކަށް ކަމަށެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ އާރުބީޖީ ސްޕޯރޓްސްކުލަބަކީ ފެށުނީއްސުރެ އެކުލަބުގެ މެމްބަރުންނަށް ކުޅިވަރު ތަކުގައިވެސް އަދި ދުވަސްތައް ފާހަގަ ކުރުމުގައިވެސް ހާއްސަގޮތްތަކެށް ބާއްވާ ކުލަބެއްކަމަށާއި، އޭގެ ނަތީޖާއަކީ އާރުބީޖީ އެކަތިގަނޑެއްގެ ގޮތުގައި އޮންނައޮތުންކަމަށެވެ. އެހެންކަމުން އެބޭފުޅާ ދަންނަވާލަން ބޭނުންވަނީ ރަށުގެ ހުރިހާ ކުލަބު ޖަމިއްޔާތަކެއްވެސް އާރުބީޖީ ސްޕޯރޓްސް ކުލަބުން މިކުރިއަށްގެންދާ ހަރަކާތްތައް ޑިޒައިންކުރާގޮތް ބަލާލުމަކީ މުހިންމުކަމެއްކަމަށެވެ. އަދި މީ އެހެން ކުލަބުތަކަށާއި ޖަމިއްޔާތަކަށް ކުޑައިމީސްކޮށް ދަންނަވާ ވާހަކަ އެއްނޫންކަމަށާއި، އެބޭފުޅާގެ ނަޒަރުގައި އެގޮތަށް އެކަންކަން ޑިޒައިން ކުރެވިގެންދިއުމުން ރަށުގެ ގިނަ ބަޔަކަށް ފުރަސަތު ފަހިވެގެން ދާނެއެވެ. އަދި މިއަދު ފެނިގެންމިދަނީ ކުޅިވަރުގައިވެސް އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ކުޅުންތެރިން ކަމަށާއި އަދި މާދަމާ އެހެން ސްޕޯރޓްސް ކުލަބަކުންވެސް މިފަދަ ހަރަކާތެއް ހިންގާނަމަ އެކުލަބެއްގެ މެމްބަރުންނަށް ވަރަށް ފަހި ފުރަސަތުތައް ފަހިވެފައި އަޮންނާނެކަމަށާއި، އެހެން ނޫންނަމަ އަބަދުވެސް ކުޅިވަރުގެ މައިދާނުގަ ދަނޑުގަ ތިބޭނީ އެއްބައެއްކަމަށާއި، އެ އޮތްއޮތުން ބަދަލުކޮށް ބޮޑުފޮޅުދޫގެ ތާރީޚް ބަދަލުކޮށްލީ ހަމަގައިމުވެސް އާރުބީޖީ ސްޕޯރޓް ކުލަބުކަމަށް ކައުންސިލްގެ ރައީސް ޝުޖާއު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އަށާއި ހީވާގި ހިންގާކޮމިޓީއަށް ޝުކުރުދަންނަވާފައިވެއެވެ. އަދި ކުލަބު ޖަމިއްޔާތަކަށް ކައުންސިލްގެ ރައީސް އިލްތިމާސް ކުރައްވަމުން ދެންނެވީ ކުލަބުޖަމިއްޔާތައް ހިންގާއިރުގައި އެންމެ ބޮޑުކަމަކަށް އިސްކުރާނީ އަޅުގަނޑުމެންގެ މަސްލަހަތު ކަމަށާއި ބޮޑުފޮޅުދޫ ވަންތަކަން ނުގެއްލޭގޮތަށް ކަންކަން ބައްޓަން ކުރުންކަމަށެވެ. އޭގެ އިތުރުން އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މި ކޭމްޕް އަކީ ކުލަބުން ހިންގާ ކުޅިވަރު ހަރަކާތް    ތަކުގެ ތެރެއިން ކަނބަލުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ  ކޭމްއެއްކަމަށެވެ. އަދި މީ މިކުލަބުގެ އަންހެން ހޭންޑްބޯލް ޓީމް މިމަހުގެ ކުރީކޮޅު މާލޭގެ ސްޕޯރޓްސް ކުލަބެއް ކަމަށްވާ ”ރެޑްހޯރކްސް” ސްޕޯރޓްސް ކުލަބުގެ ހޭންޑްބޯލް ޓީމް އާއި އެކު ކުޅެވުނު ކާމިޔާބު އެކުވެރިކަމުގެ 2 މެޗަށްފަހު ވޮލީ އިތުރަށް    ތަރައްޤީކޮށް ކުޅުންތެރިން ރަގަޅުފެންވަރެއްގައި ތައްޔާރު ކުރުމުގެ މަގްސަދުގައި ކުލަބުގެ ހިންގާކޮމިޓީގެ ނިންމުމާއި އެއްގޮތަށް ފެށި ކޭޕް އެކެވެ. ނަސީމް އިތުރަށް ވިދާޅުވީ މި ކޭމްގައި އާރުބީޖީ ސްޕޯރޓްސް ކުލަބުގެ ހޭންޑްބޯލް، ވޮލީ އަދި ފުޓްސަލް ޓީމްގެ ކޯޗް އާމިރު އިބްރާހިމް އާއި ކުލަބުގެ ނައިބްރައީސް އަދި އއ.ބޮޑުފޮޅުދޫގައި އަދި އއ.އަތޮޅުގެ ”ވޮލީ ކިންގް”ގެ ނަމުން މަސްހޫރުކަން ހޯދަމުން އަންނަ ހަސަންނާފިއުގެ އިތުރުން ރާއްޖޭގެ ކުރީގެ މަސްހޫރު ފުޓްބޯޅަ ކުޅުންތެރިއެއްކަމަށްވާ ”ލިރުޤާމް” ލަރޭ ބައިވެރި ވާނެކަމަށެވެ. ލަރޭ އަކީ މިހާރު އެކިއެކި ކުޅިވަރުތަކުގައި ކުޅުންތެރިން ތަމްރީންކުރުމުގައި އިސްދައުރެއް އަދާކުރަމުން އަންނަ ބޭފުޅެއްކަމަށާއި، ހޭންޑްބޯލް، ވޮލީ، ފުޓްސަލް އަދި ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ތަމްރީން ކުރުމުގައި ގިނަ ފަރާތްތަކެށްގެ މަގްބޫލް ކަން ހޯދަމުން އަންނަ ކޯޗެއްކަމަށެވެ.  އާރުބީޖީގެ މަގްސަދަކީ މިކޭމްޕްް ނިންމާލުމަށް ފަހު ރާއްޖޭގެ އެކިއެކި އަތޮޅުތަކުގެ ޓީމްތަކާއި އެކު މެޗުތައްކުޅެ ރަށަށް ރީތި ނަންހޯދައިދީ ހުނަރުތުވެރި މޮޅެތި ކުޅުންތެރިންތަކެއް ތިބި ރަށެށްގެ ގޮތުގައި ބޮޑުފޮޅުދޫ ހެދުމެވެ. އަދި އެހެނިހެން މުބާރާތް ތަކުގައި ވާދަކުރުމުގެ ފުރަސަތު ކުޅުންތެރިން ނަށް ހޯދާއިދިނުމެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އެކުލަބުގެ ރައީސް ވިދާޅުވީ ފަހުގެ ތާރީހެއްގައި ހުޅުމާލެއަށް ކުލަބުގެ އަންހެންޓީމް ގޮވައިގެން  ހޭންޑްބޯލް މެޗްތަކެށް ކުޅެން ދިއުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އާރުބީޖީ ސްޕޯރޓްސް ކުލަބުން ވިދާޅުވީ މި ސްޕޯރޓްސް ކުލަބަކީ މިނިސްޓްރީ އޮފް ޔޫތް އެންޑްސްޕޯރޓްސް ގައި ރަޖިސްޓްރީކޮށް ކުލަބު ޖަމިއްޔާތަށް ހިންގުމުގެ ގަވާއިދުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ  އެންމެހައި ކަންކަން ފުރިހަމަކޮށް ކުރިއަށްދާ އއ.ބޮޑުފޮޅުދޫގައި ހަރަކާތްތެރިވާ ހަމައެކަނި ސްޕޯރޓްސް ކުލަބުކަމަށާއި، ކުލަބު މިހާ ހަރަކާތްތެރިކޮށް ކުރިއަށް ގެންދެވޭ އެއްސަބަބަކީ އެއީކަމަށާއި މެމްބަރުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަކީ ކުލަބުގެ ކުރިމަގަށް ކޮށާ ދެވޭ ވަރަށް މުހިންމު މަގެއްކަމަށެވެ.  

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ


ބާކީ 300 އަކުރު